ޚަބަރު

ކޮވިޑް-19: ރައްޔިތުންގެ މަޖިލީހުގެ މުވައްޒިފަކު ފައްސިވީ ނަމަވެސް ޖަލްސާތައް ބާއްވަނީ!

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މުވައްޒިފަކު ކޮވިޑް-19 އަށް ފައްސިވީ ނަމަވެސް ޖަލްސާތައް އިދާރާގައި ބާއްވާނެ ކަމަށް އެމަޖިލީހުން ބުނެފިއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުން މިކަމާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަޖިލީހުގެ މެއިންޓަނަންސް ބައިގައި މަސައްކަތްކުރާ މުވައްޒިފަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އެގޮތުން ފައްސިވީ މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށާއި މަޖިލިސް ޑިސްއިންފެކްތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑްގެ ދުވަސްވަރު މަޖިލީހުގެ މަސައްކަތް ފެށިއިރުވެސް އެފަދަ ކަމެއް ވެދާނެކަމަށް ބަލައި ދުރާލާ ފިޔަވަޅު އެޅިފައިވާ ކަމަށާއި ރޯގާއާއި ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދިޔަ ނަމަވެސް މަޖިލީހުގެ މަސައްކަތްތައް މަޖިލިސް ކުރާ ގޭގައި ކުރިއަށް ގެންދިޔުމަކީ އަމާޒުކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދައަށް އެޅުމަށްފަހު މަޖިލީހުގެ މަސައްކަތްތައް މަޖިލިސްކުރާ އިދާރާގައި ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާހަގަ ކުރައްވާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!