މިއަދު އިތުރު 26 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
މިއަދު އިތުރު 26 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނީ ފައްސިވި 26 މީހުންގެ ތެރޭގައި ހިމެނެނީ ބަންގަލްދޭޝްގެ 16 މީހުންނާއި ތިން ދިވެހިންނާއި ނޭޕާލްގެ ތިން މީހުންނާއި އިންޑިއާ ތިން މީހުންގެ އިތުރުން ލަންކާ މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2،120 އަށް އަރާފަ އެވެ.
މިއަދު ކޮވިޑް ބަލިން ރަނގަޅުވީ ހަތް މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 1،677 މީހުންނެވެ.
ކޮވިޑަށް 37،491 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.
މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 281 މީހުންނެވެ. ކަރަންޓީންގައި ތިބީ 318 މީހުނެވެ.
Ads by Allied Insurance