ޚަބަރު

މިއަދު ބަލިން ރަނގަޅުވީ އެންމެ 7 މީހުން!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު ހަތް މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

Ads by STELCO

މި ހަތް މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1677 އަށް އަރާފައެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ 433 މީހަކަށެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 26 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 16 ބަންގްލަދޭޝްގެ މީހަކާއި، ނޭޕާލްގެ 3 މީހަކާއި، ތިން ދިވެހިންނާއި، އިންޑިއާގެ ތިން މީހެއްގެ އިތުރުން، ސްރީލަންކާގެ މީހެއް ކަމަށެވެ.

މި 26 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2120 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!