ކޮވިޑު-19އާ ގުޅޭ ގޮތުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރައްވާކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.
މަޖިލީހުގެ މުވައްޒަފުން ނުރައްކަލަށް ހުށަނޭޅުމަށް ޣައްސާން ގޮވާލައްވައިފި
ރައްޔިތުން މަޖިލީހުގައި މަސައްކަތް ކުރާ މުވައްޒަފުން ނުރައްކަލަށް ހުށަނޭޅުމަށް ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.
މަޖިލީހުގެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާގެ މެއިންޓަނެންސް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑު-19 އަށް ފައްސި ވުމާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށިއިރުވެސް އެފަދަ ކަމެއް ވެދާނެ ކަމަށް ބަލައި ދުރާލާ ފިޔަވަޅު އެޅިފައިވާ ކަމަށާއި ރޯގާއާއި ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތް މަޖިލިސް ކުރާ ގޭގައި ކުރިއަށް ގެންދިޔުމަކީ މަޖިލީހުގެ އަމާޒު ކަމަށް އެ ބަޔާނުގައިވެއެވެ.
މިކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީހުގެ މުވައްޒަފުން ރިސްކް ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
Rayyithunge Majilihuge muvazzafun risk nukurevvumah ilthimaas kuran! @mvpeoplesmajlis https://t.co/XirokAoRF3
— Mohamed Ghassan Maumoon (@mgmaumoon) June 17, 2020