ދުނިޔެ

އިނގިރޭސިވިލާތުގައި ރެކޯޑް އަދަދަކަށް ކޮވިޑް ވެކްސިން ޖަހައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޖަހާ ވެކްސިން އިނގިރޭސިވިލާތުން ޖަހަން ފަށައި އެއް ދުވަހެއްގައި ރިކޯޑް އަދަދަކަށް ވެކްސިން ޖަހައިފިއެވެ.

Ads by Sosun Fihaara

ހޮނިހިރު ދުވަހު އިނގިރޭސިވިލާތުން ޖުމްލަ 8،977،329 މީހުންނަށް ވެކްސިން ދެވިފައި ވެއެވެ. ވެކްސިންގެ ފުރަތަމަ ޑޯޒު 598،389 މީހުންނަށް ދެވުނު ކަމަށް ބޭރުގެ ޚަބަރު ތަކުން ރިޕޯޓުކުރެއެވެ.

ހެލްތް ސެކެޓްރީ މެޓް ހަންކޮކް ބުނީ ވެކްސިން ޖަހާ މަންޒަރު ފެނުމުން ހިތްހަމަޖެހުން ލިބޭ ކަމަށާއި މިކަމަކީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިގެންދާ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ ވެކްސިން ދިނުމުގައި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދެވިފައި ވާނެ ކަމަށާއި މިހާރު 75 އަހަރުން މަތީގެ ގިނަ މީހުންނަށް ވެކްސިން ދެވިފައިވާނެ ކަމަށެވެ.

އިނގިރޭސިވިލާތަކީ 5 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސި ވެފައިވާ ގައުމެވެ. ކޮވިޑަށް އެ ގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ 3،817،176 އަރާފައެވެ. ބަލީގައި 106،158 މީހުން މަރުވެފައި ވެއެވެ. އަދި ބަލިން ރަނގަޅު ވެފައި ވަނީ 1،673،936 މީހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!