މުނިފޫހިފިލުވުން

އެކްޓު ކުރުން ހުއްޓާލައިފަ ސައިންޓިސްޓަކަށް ވާންވެސް ސުޝާންތު ވިސްނި!: ރޫމީ ޖާފްރީ

ދެން އެމްވީ ، ދެން އޮންލައިން

ގިނަ ބަޔަކު އަދިވެސް ތިބީ، ޓެލެވިޝަން ސްކްރީނުން ބޮލީވުޑްގެ ބޮޑު ސްކްރީނަށް ކާމިޔާބު ކަމާއެކު ދަތުރުކުރި ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ޚަބަރުން އަރައިނުގަނެވި ޝޮކެއްގައެވެ.

Ads by Hajj Corporation

ޚާއްސަކޮށް އޭނާދެކެ ލޯބިވި އޭނާއަށް ހެޔޮ އެދުނު މީހުން، ހިތާމަފާޅު ކުރުމުގެ އިތުރުން އޭނާއާއި ބެހޭގޮތުން އަންނަނީ ކުރިން ނޭނގޭ ވާހަކަތަކެއް ވެސް ހިއްސާ ކުރަމުންނެވެ.

އެގޭތެރެއިން އެކަކު ކަމަށްވާ ޕްރޮޑިއުސާ ރޫމީ ޖާފްރީ ވެސް މިވަނީ ސުޝާންތާއި ބެހޭގޮތުން ކުރިން އެނގިފައިނުވާ އެތައް ވާހަކައެއް އިއްޔެ ހިއްސާ ކޮށްފައެވެ.

ސުޝާންތުގެ ގާތް އެކުވެރިއެއް ކަމަށް ވެސް ދައުވާކުރާ ރޫމީ ބުނީ، ފަހަކަށް އައިސް ސުޝާންތު ހުންނަނީ ވަރަށް ބޮޑަށް މާޔޫސްވެ ފިކުރު ބޮޑުވެފައި ކަމަށެވެ.

އެގޮތުން އޭނާގެ ދިރިއުޅުމުގައި ދެން ކަންތައްކުރާނެ ގޮތަކާއިމެދު ވިސްނި ކަމަށްވެސް ރޫމީ ބުންޏެވެ.

"ސުޝާންތު އުޅުނު އެކްޓު ކުރުން ހުއްޓާލަައިފަ ދަނޑުވެރިކަން ކުރަން ދާން ވެސް އަދި ސައިންޓިސްޓަކަށް ވާންވެސް ވިސްނި. ބުނީ ތިމަންނަ އަށް ވެސް އެއްޗެއް އީޖާދު ކުރެވިދާނެއޭ. ބައެއް ފަހަރު ބުނި އޭނަ ބޭނުންވަނީ އޭނަގެ ލޯނާވާލާ ގެއަށް ގޮސް އެކަނި ހުންނާށޭ ވެސް" ރޫމީ ބުންޏެވެ.

މިމަހުގެ 14 ވަނަ ދުވަހު، ބާންޑްރާގައި އޭނަ ދިރިއުޅޭ ފްލެޓުގައި ސުޝާންތު އަމިއްލައަށް މަރުވެފައިވާއިރު، އޭނަގެ މަރުގެ ޒިންމާ އެންމެ ބޮޑަށް އެޅިފައިވަނީ ބޮލީވުޑްގެ ބައެއް އިސް މީހުންގެ ބޮލުގައެވެ. އެގޮތުން މިހާރުވެސް ސުޕާސްޓާރ ސަލްމާން ޚާން އާއި ފިލްމު ޕްރޮޑިއުސަރުން ކަމަށްވާ އެކްތާ ކަޕޫރް، ކަރަން ޖޯހަރް އަދި ސަންޖޭ ލީލާ ބަންސާލީގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.

އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސުޝާންތުގެ ކެރިއަރު ހަލާކުކޮށްލުމަށް އެމީހުންގެ އަތެއްވާ ކަމަށްބުނެ، މީހަކަށް އެވަރު ބޮޑު ފިޔަވަޅެއް ނެގުމަށް މަޖުބޫރު ކުރުވުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!