ބޮލީވުޑް

ދެވަނަ ދަރިއަކު ލިބުމުގެ އުފާވެރި ޚަބަރާއެކު ހިތާމަވެރި ޚަބަރެއް ވެސް ކަޕިލް ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.

Ads by STELCO

ރިޕޯޓުތަކުން ބުނާ ގޮތުގައި ކަޕިލް އާއި އޭނަގެ އަންހެނުން ގިނީ ޗާތުނާތަށް މިފަހަރު ލިބުނީ ފިރިހެން ކުއްޖެކެވެ.

ކަޕިލްއަށް މިއަދު ހެނދުނު ފިރިހެން ދަރިއަކު ލިބިފައިވާއިރު، މިހާރު ވެސް އެދެމަފިރިންގެ އަންހެން ދަރިއަކު ހުރެއެވެ. އަނައިރާ ނަމަކަށް ކިޔާ އެކުއްޖާއަށް އަދި ފުރުނީ އެންމެ އަހަރެކެވެ.

ފިރިހެން ދަރިއަކު ލިބުން ކަމުގެ ވާހަކަ ހިއްސާ ކުރަމުން ކަޕިލް ބުނީ ދަރިފުޅާ މަންމަގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ކަޕިލްއާއި އޭނަގެ އަނބިމީހާ އަށް އެތައް ބަޔަކު ވަނީ މަރުހަބާ ކިޔާފައެވެ. އޭގެ ތެރޭގައި ބާރްތީ، ޖެނީލިއާ، އަރްޖުން ރާމްޕާލް، މުކޭޝް ޗާބްރާ ވެސް ހިމެނެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފޭނެއް ކުރި ސުވާލަކަށް ޖަވާބު ދެމުން ކަޕިލް ބުނީ ގިނީ އިނީ ބަލިވެ ކަމަށާއި އޭނާ ވިހެއުމުގެ ކުރިން "ކަޕިލް ޝަރްމާ ޝޯ" ދުވަސްކޮޅަކަށް ބަންދު ވާނެ ކަމަށެެވެ. ކަޕިލްގެ ޝޯ ދެން ދުވަސް ކޮޅަކަށް ނުފެންނާނެ ކަމުގައި ބުނުމުން، އޭނާގެ ފޭނުން ވަނީ އެކަމާމެދު ވަރަށް ބޮޑަށް ހިތާމަ ފާޅު ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!