ދުނިޔެ

މީހެއްގެ ކަރުގައި ތާށިވި ރޯ މަހެއް ނަގައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮލަމްބިއާގެ މަސްވެރިއަކު މަސް ބާނަން އުޅުމުގެ ތެރޭގައި، ދިމާވި ހާދިސާއެއްގައި ކަރުގައި ތާށިވި މަހެއް އޮޕަރޭޝަން ކޮށް ނަގައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާ ގޮތުގައި އެ މަހުގައި، 7 އިންޗި ހުރެއެވެ. އަދި އޭނާ މަސް ބާނަން ގޮސް އުޅުނީ އާއިލާއަށް ލައިގެން ކާނެ އެއްޗެއް ހޯދަން ކަމަށް ވެސް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ގޮތަށް ބަލާއިރު، އޭނާ ފުރަތަމަ ބަސް ބާނަން ދިއުމަށް ފަހު މަހެއް ބޭނި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ މަސް ބޭނުމަަށްފަހު ހަމަ އެތަންވަަޅު އޭނާ އަނެއްކާވެސް ނަނު އެއްލިއެވެ. ނަސީބު ކަންދިމާކުރި ގޮތުން ނަނު އެއްލާއިރަށް އަނެއްކާ ވެސް މަހެއް ގަތީއެވެ. އަދި ބޭނި މަހަަށް ހަދާނެ ގޮތެއް ނޭނގި އޭނާ އެ މަސް ލީ އަނގައަށެވެ. އަދި ނަނުގައި ގަތް މަސް ބާނަން އޭނާ މަސައްކަތް ކުރީ އަނގައަށް ބޭނި މަސް ލައިގެން ހުރެއެވެ.

އޭނާ މަސް އަނގައަަށް ލީ އިރު އެ މަސް މަރެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން، ސަލާމަތްވުމަށް ޓަކައި އެ މަސް ތެޅިގަތެވެ. ނަމަވެސް ކަން ދިމާ ކުރި ގޮތުން މަސް ތާށިވީ އޭނާގެ ކަރުގައެވެ.

ލަސް ނުކޮށް އޭނާ އެ ހިސާބުގައި ހުރި ހޮސްޕިޓަލަކަށް ދިޔައެވެ. އޭނާއަށް އަމިއްލަ ހާލައިގެން ހޮސްޕިޓަލަށް ދެވުނެވެ. ނަމަވެސް ހޮސްޕިޓަލަށް ގޮސް ވީ ގޮތެއް އޭނާއަކަށް ކިޔައެއް ނުދެވުނެވެ. އޭނާ ހުރީ ނޭވާލާން އުނދަގޫވެ ވާހަކަ ނުދެއްކިފައެވެ.

ޑޮކްޓަރުން އޭނާގެ އެކްސްރޭ އެއްް ނެގުމުން އެނގުނީ އޭނާގެ ކަރުގައި މަހެއް ތާށިވެފައި ވާ ކަމެވެ. އަދި ޑޮކްޓަރުން ވަނީ އެ މަސް ކާމިޔާބު ކަމާއެކު ނަގާފަައެވެ.

އެމީހާގެ ހާލު މިހާރު ރަނގަޅެވެ. އަދި އެއްވެސް ކަހަލަ ސީރިއަަސް އަނިޔާއެއް އޭނާއަށް ވެފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!