މި ދުވަސްކޮޅު އެންމެ ޑިމާންޑު ބޮޑީ ޑަބިޔާ
މި ދުވަސްވަރަކީ ބަނބުކެޔޮ މޫސުމެވެ. ބަނބުކެޔޮ އަޅާ ބަނބުކެޔޮ ގަސްތައް ބަރާވެފައި އޮތްއިރު ތެލުލިބަނބުކެޔޮ ގެ މޫސުން ވެސް މި ވަނީ ފެށިފައެވެ.
ޒަމާނުއްސުރެ ދިވެހިން ތެލުލިބަނބުކެޔޮ އަޅައި އުޅުނީ ހުސް ޑަބިޔަަލާއި ދަޅަށެވެ. އެއާއެކު ކޮންމެ އަހަރެއްގެ ވެސް ބަނބުކެޔޮ މޫސުމަށް ޑަބިޔަލުގެ ޑިމާންޑު ބޮޑުވެގެންދެއެވެ. އެގޮތުން މިއަހަރު ވެސް މި ވަނީ ޑަބިޔަލުގެ ޑިމާންޑު ވަރަށް ބޮޑުވެފައެވެ.
ދެން އާ ވާހަކަދައްކަމުން ދެކުނު ރަށެއްގެ ވިޔަފާރިވެރިއަކު ބުނި ގޮތުގައި ބައެއް މީހުން ޑަބިޔަލުގެ ބޭނުމުގެ ބިސްކޯދު ޑަބިޔާ ވެސް އަންނަނީ ގަންނަމުންނެވެ. އަދި މި ދުވަސްކޮޅު ބިސްކޯދު ޑަބިޔަލުގެ ޑިމާންޑު ވެސް އިތުރުވެ ގިނަ ފިހާރަތަކުން ބިސްކޯދު ޑަބިޔާ ވެސް ހުސްވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އާންމުކޮށް ދަޅު ލިބެން ހުންނަނަމަވެސް ގިނަ ބަޔަކު އާންމުކޮށް ގަނެއުޅެނީ ޑަބިޔާކަން ވެސް އޭނާ ފާހަގަކުރިއެވެ.
ކޮންމެ އަހަރެއްގެ ގެ ބަނބުކެޔޮ މޫސުމުގައި ބަނބުކެޔޮ ތެއްލުމުގެ މަސައްކަތް ކުރަމުން އަންނަ އަންހެނަކު ބުނި ގޮތުގައި ޑަބިޔާ ނުލިބޭ އެންމެ ބޮޑު މައްސަލައަކީ ޑަބިޔާ މާލެ ފޮނުވަން ޖެހުމެވެ. އަދި މާލެ ފޮނުވާ ޑަބިޔާ ތައް އަނބުރާ ނުލިބި ޑަބިޔަލުގެ ދަތިކަން ކުރިމަތިވަނީ ކަމުގައި އޭނާ ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ ތެލުލި ބަނބުކެޔޮ އެޅުމަށް ދަޅަށް ވުރެ ޑަބިޔާ ރަނގަޅި ޖާގައިގެ ގޮތުން ޑަބިޔާ ރަނގަޅުވީމާ ކަމުގައި އޭނާ ބުނެފައިވެއެވެ.
ބަނބުކެޔޮ މޫސުމާއެކު ޑަބިޔަލުގެ ޑިމާންޑު އިތުރުވެ. މިވަނީ ޑަބިޔާ ނޫން ގޮތެއް ހޯދަން ޖެހިފައެވެ.