ލައިފްސްޓައިލް

އަލީއެކްސްޕްރެސް އިން އޯޑަރުކުރި ފޯނުކަވަރު ލިބުނީ ފޯނު ހަލާކުވި ފަހުން

ދެން އެމްވީ ، ދެން އޮންލައިން

ދާދި ފަހުން ދިވެއްސަކު ވަނީ އޭނާ އަލީއެކްސްޕްރެސް އިން ގަތް ފޯނު ކަވަރު ވިއްކާލުމަށް މީސް މީޑިއާ ގައި އިއުލާނުކޮށްފައެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނެފައިވަނީ ފޯނު ކަވަރު ލިބުނު އިރު ފޯނު ހަލާކުވެފައިވުމުންނެވެ.

Ads by STELCO

އެގޮތުން އޭނާ މީގެ މަސްތަކެއް ކުރިން އޯޑަރުކުރި ފޯނު ކަވަރު ކޮވިޑް19 ގެ ސަބަބުން ލަސްވެ، ލިބިފައިވަނީ ރޭގައި ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް ކަވަރު ލިބުނު އިރު މީގެ މަހެއް ކުރިން ފޯނު ވަނީ ހަލާކުވެފައެވެ.

ކޮވިޑް19 އާ ލޮކްޑައުންގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައިވާއިރު އޮންލައިން ކޮށް އެއްޗެހި ގަންނަ ފަރާތްތަކަށް އެންމެ ބޮޑު ހިތާމައެއް ލިބިގެންދިޔައީ ޗައިނާ ބޯޑަރު ބަންދުވެ، އޮންލައިން ކޮށް ކުރި އޯޑަރުތައް ނުލިބި ލަސްވުމާއި އޯޑަރު ނުކުރެވުމެވެ.

ނަމަވެސް ޗައިނާ އާންމު ހާލަތަށް އަންނަ އިރު އޮންލައިން ކޮށް ކުރިން ކޮށްފައިހުރި ގިނަ އޯޑަރެއް މިހާރު ވަނީ ލިބެންފަށާފައެވެ.

ދިވެހިންނަކީ ގިނަ އަދަދަކަށް އަލީއެކްސްޕްރެސް އިން ވިޔަފާރިކުރަމުން އައި ބައެއްކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން އެކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!