!ކޮވިޑް19: އަދަދުތައް އިތުރުވަމުންދާތީ އެޗްޕީއޭގެ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ބާއްވާ ވަރަށް ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 4:30 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިނާއި، ޗައިނާއިން ގެންނަން އުޅޭ ކަމަށް ދެކެވެމުންދާ ވެކްސިންގެ ވާހަކަތަކާ ގުޅޭގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނެއެވެ.
މީގެއިތުރުން، ކޮވިޑް-19 އަނެއްކާވެސް ހަލުވިކަމާއެކު ފެތުރެމުން ދިޔުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މައުލޫމާތު ދެއްވާނެއެވެ.