ދުނިޔެ

އާއިލާއިން ބޭނުންވީ ފިނިކުރަން! ވެންޓިލޭޓަރު ނައްޓާފަ އެއާކޫލަރު ގުޅުމުން ބަލިމީހާވީ މަރު!

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ރާޖަސްތާނުގެ ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައިއޮތް ބަލިމީހަކު ވަރަށް ހިތާމަހުރި ގޮތަކަށް މަރުވެއްޖެއެވެ.

Ads by WAMCO

މަހާރާއޯ ބީމްސިންގް ހޮސްޕިޓަލުން މިހާދިސާއާއި ބެހޭގޮތުން މައުލޫމާތު ދެމުން ބުނީ، އެހޮސްޕިޓަލުގެ އައިސޮލޭޝަންގައި ބާއްވާފައި އޮތް ބަލިމީހަކަށް ގޮވާލަން އޭނާގެ އާއިލާއިން ދިޔަކަމަށާއި، އައިސޮލޭޝަން އޭރިއާ ވަރަށް ބޮޑަށް ހޫނުވުމުން ފިނިކުރަން ވެގެން ބަލިމީހާގެ ވެންޓިލޭޓަރުގެ ޓޮޕު ނައްޓާލާ އެއާކޫލަރެއް ގުޅިކަމަށެވެ.

ހޮސްޕިޓަލުގެ އައިސޮލޭޝަން އޭރިއާގައި ވަރަށް ގިނަ މީހުން މިފަހަކަށް އައިސް ތިބުމާއި، އެއާކޮންޑިޝަނަރެއް ވެސް ނެތުމުން އެތަނަށް ވަރަށް ހޫނުވާ ކަމަށް އެމީހުން ބުންޏެވެ.

ރޯގާޖެހިފައިވާ އެމީހާ އައިސޮލޭޝަންގައި ބާއްވާފައި އޮތުމުން އޭނާގެ އާއިލާއިން އޭނާއަށް ޒިޔާރަތް ކުރިއެވެ. ނަމަވެސް އެތަނަށް ވަރަށް ބޮޑަށް ހޫނުވާތީ، ބަލިމީހާއަށް ގުޅާފައިވާ ވެންޓިލޭޓަރުގެ ޓޮޕު ނައްޓާލުމަށްފަހު އެއާއިލާއިން ފިނިކުރަން އެއާކޫލަރެއްގެ ޓޮޕު ޖެހިއެވެ.

ޓޮޕު ނައްޓާލުމަށްފަހު ވެސް ބެޓަރީގެ ބާރުގައި އިރުކޮޅަކު ވެންޓިލޭޓަރު މަސައްކަތް ކުރިއެވެ. ނަމަވެސް ބެޓަރީ ބާރު ދަށްވުމާއެކު ބަލިމީހާގެ ހާލު ދެރަވެ، ޑޮކްޓަރުންނަށް އެކަން އެންގުމުން ޑޮކްޓަރުން ގޮސް ސީޕީއާރް ދިނެވެ. ނަމަވެސް އެއިރު ބަލިމީހާގެ ފުރާނަ ސަލާމަތް ކުރެވޭވަރަށްވުރެ ހުރީ ލަސްވެފައެވެ.

އާއިލާގެ ފަރާތުން ބަލިމީހާގެ މަރުގެ ތުހުމަތު ކުރީ އެހޮސްޕިޓަލަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!