ޚަބަރު

ކޮވިޑް19ގެ ދެވަނަ ރާޅެއް އަރާނެ ކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯ އިން ދީފި

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ޚިޒާން މޫސުން ނުވަތަ އޯޓަމް ގައި ކޮރޯނާ ވައިރަހުގެ ދެވަނަ ރާޅެއް އަރާފާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ދީފިއެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ ގައުމުތަކުން އެކަމަށް ދުރާލާ ތައްޔާރުވެ ތިބުމަށް ވެސް އެދިފައެވެ.

Ads by Sosun Fihaara

ޑަބްލިޔުއެޗްއޯ ގެ ފަރާތުން މީޑިއާ އާ މައުލޫމާތު ހިއްސާކުރަމުން އެ ޖަމިއްޔާ ގެ ޔޫރަޕުގެ ރީޖަނަލް ޑިރެކްޓާ ޑރ. ހާންސް ކްލަޖް ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ކޮންޓެކްޓް ޓްރޭސިން އާއި ކަރަންޓީނު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ގައުމުތަކުން ކޮންޓެކްޓް ޓްރޭސިން ގެ ރެކޯޑުތައް ބެލެހެއްޓުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

މީގެ އިތުރުންވެސް ޑރ. ހާންސް ވިދާޅުވީ އެހެނިހެން އާދައިގެ ރޯގާ ތަކެކޭ އެއްގޮތަށް ކޮރޯނާ ވައިރަސް ވެސް އަހަރު ނިމޭކޮޅުގައި އަލުން ގިނަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެކަމަށް ދުރާލާ ތައްޔާރުވާން ޖެހޭ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެފަދައިން އޯޓަމް މޫސުން ފެށުމާއެކު އެހެނިހެން އިންފްލޫއެންޒާތައް އިތުރުވެދާނެ ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެހެނިހެން އިންފްލޫއެންޒާ ތަކާ ކޮރޯނާ ވައިރަހާއި ހުރި ގުޅުން ވެސް ބަލަި ދެނެގަންނަންޖެހޭ ކަމަށެވެ.

އަދިވެސް ދުނިޔެ ނުރައްކަލުން ބޭރުނުވާކަން ފާޙަގަކޮށް ޑރ. ހާންސް އިތުރަށް ވިދާޅުވީ ލޮކްޑައުން އާއި އިޖުތިމާއީ ގައިދުރުކަމުގެ ސަބަބުން ހަމައެކަނި ލިބިގެންދިޔައީ ވައިރަހަށް ތައްޔާރުވެ ތިބުމަށް އިތުރު ވަގުތުތަކެއްކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!