ބޮލީވުޑް

ކައިވެންޏަށް ފަހު ނަތާޝާ ފުރަތަމަ ފަހަރަށް ގެއިން ބޭރަށް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑް ތަރި ވަރުން ދަވަންގެ އަނބިމީހާ ނަތާޝާ ދަލާލް ކައިވެނީގެ ފަހުން ފުރަތަމަ ފަހަރަށް ގެއިން ބޭރަށް ނިކުމެއްޖެއެވެ.

Ads by MWSC

މިދިޔަ މަހުގެ 24 ވަނަ ދުވަހު ކައިވެނި ކުރި ނަތާޝާ ކައިވެންޏަށް ފަހު ފުރަތަމަ ފަހަރަށް ބޭރަށް ނުކުތްއިރު ފެނިގެން ގޮސްފައި ވަނީ ވަރަށް އާދައިގެ ކަޅު ކުލައިގެ ހެދުމެއްގައެވެ.

ނަތާޝާ ދަލާލަކީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ރާޖޭޝް ދަލާލް އާއި ގޯރީ ދަލާލްގެ އަންހެން ދަރިފުޅެވެ. ނަތާޝާ ތައުލީމް ހާސިލު ކުރީ މުންބާއީގެ ބޮންބޭ ސްކޮޓިޝް ސްކޫލުންނެވެ.

ނަތާޝާ އާއި ވަރުން އަކީ ސުކޫލް ދައުރުގަައި ކްލާސް މޭޓުންނެވެ. އަދި ނަތާޝާ އާއި ވަރުން އެންމެ ފުރަތަމަ ދިމާވީ ގުރޭޑް 6ގައި އުޅެނިކޮށެވެ.

ނަތާޝާ އަކީ ފެޝަން ޑިޒައިނިންގެ ދާއިރާއިން ޑިގްރީ ހާސިލް ކޮށްފައިވާ މަޝްހޫރު ޑިޒައިނަރެކެވެ. އޭނާ މި ޑިގްރީ ހާސިލް ކުރީ ނިއު ޔޯކްގެ ފެޝަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިންނެވެ.

ނިއުޔޯކުން ޑިގްރީ ހާސިލު ކުރުމަށްފަހު ނަތާޝާ އެނބުރި މުންބާއީއަށް ދިޔައީ 2013 ވަނަ އަހަރުގައެވެ.

އިންޑިއާއަށް އެނބުރި އައުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ ނަތާޝާ ވަނީ އޭނާގެ އަމިއްލަ އަންނައުނު ބްރޭންޑެއް ތައާރަފް ކޮށްފައެވެ. އެ ބްރޭންޑަށް ކިޔަނީ ނަތާޝާ ދަލާލް ލޭބަލްއެވެ. އެ ބްރޭންޑު ހާއްސަ ވަނީ ކައިވެނި ހަފްލާ ތަކަށެވެ.

ނަތާޝާ އާއި ވަރުން އަކީ ސުކޫލް ދައުރުގައި ވެސް ދަންނަ ދެމީހުން ކަމުގައި ވިޔަސް އެދެމީހުންގެ ލޯބީގެ ފެށުމަކީ އެއީ އެއް ނޫނެވެ.

ނަތާޝާ އާއި ވަރުންގެ ލޯބީގެ ގުޅުން ފެށުނީ އެތައް އަހަރު ތަކެއް ފަހުން އެދެމީހުން މިއުޒިކް ކޮންސެޓަކުން ބައްދަލު ވުމުންނެވެ،

ސްޓޫޑެންޓް އޮފް ދި އިޔާރ އިން ވަރުން ފިލްމީ ދާއިރާއަށް ނުކުތް ދުވަސްވަރު އޭނާގެ ސުކޫލް ދައުރުގެ ކްލާސް މޭޓު ނަތާޝާއާ އޭނާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރުނެވެ.

ނަތާޝާ އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން މީސްމީޑިއާގައި ހިއްސާ ކުރާ މީހެއް ނޫނެވެ. އެހެންކަމުން މިދެލޯބިވެރިންގެ ފޮޓޯއެއް ވެސް ވަރުން އެންމެ ފުރަތަމަ ހިއްސާ ކުރީ 2019 ވަނަ އަހަރުގައެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!