ޚަބަރު

މިއަދު ކޮވިޑަށް ފައްސިވީ 13 މީހުން!

ދެން އެމްވީ ، ދެން އޮންލައިން

މިއަދު އިތުރު 13 މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

Ads by STELCO

އެޗްޕީއޭ އިން ބުނީ މިއަދު ފައްސިވި 13 މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި، ބަންގްލަދޭޝްގެ 10 މީހެއް ކަމަށެވެ.

މި 13 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2150 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 371 މީހަކަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 10 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. މި މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1769 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!