ޚަބަރު

އެމްޕީއެލްގެ 2 ބަސް އެޓެންޑެންޓެއް ކޮވިޑް-19އަށް ފައްސި ވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 2 ބަސް އެޓެންޑެންޓުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by Hajj Corporation

މިކަމާ ގުޅިގެން އެމްޕީއެލްގެ ޕަބްލިކް ރިލޭޝަން އޮފިސަރ، ޝިފާން “ދެން”އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފައްސިވެފައި ވަނީ 2 ބަސް އެޓެންޑެންޓުން ކަމަށާއި، ދެ މުވައްޒަފުން ވެސް މިހާރު އައިސޮލޭޝަން އަށް ގެންދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ފައްސިވި މި ދެ މުވައްޒަފުންނާ ޑައިރެކްޓު ކޮންޓެކްޓުވި ހުރިހާ މުވައްޒަފުން ވެސް މިހާރު ތިބީ ކަރަންޓީނުގައި ކަމަށް ޝިފާން ވިދާޅުވިއެވެ.

ކޮވިޑް-19 ފެށިގެން އައި ދުވަސްވަރުން ފަށައިގެން، އެމްޕީއެލް ބަސް އޮޕަރޭޓު ކުރަމުމް ދިޔައީ އެޗްޕީއޭގެ މިންގަނޑާ އެއްގޮތް ވާގޮތުގެ މަތިން ކަމަށާއި، އެގޮތުން ކޮންމެ ދަތުރަކަށް ފަހުގައި ވެސް ބަސް ޑިސް އިންފެކްޓު ކުރާ ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ. އަދި އެއްވެސް ޕެސެންޖަރަކާ ބައްދަލު ވެފައި ނުވާކަން ވެސް އޭނާ ވަނީ “ދެން” އަށް ކަށަވަރު ކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!