އިދިކޮޅުން މިފަދަ ތުހުމަތުތަކެއް ކުރަމުންދާއިރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލާއި މެދު ޓްރާންސްޕޭރެންސީން އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސަރުކާރާއި މިނިވަން މުއައްސަސާތައް ވަނީ ހިތާހިތުގެ ގުޅުމަކުން ގުޅިފަ: ސައީދު
ސަރުކާރާއި މިނިވަން މުއައްސަސާތައް ވަނީ ހިތާއި ހިތުގެ ގުޅުމަކުން ގުޅިފައި ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޓްރާންސްޕޭރެންސީ މޯލްޑިވްސް" އަށް ހޭވެރިކަންވަނީ އެމްޑީޕީ ނޫން ބަޔަކު މި ގައުމުގެ ވެރިކަމަށް އައުމުން ކަމަށެވެ.
"ރައީސް އޮފީހާއި، ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން 'މިނިވަން' މުއައްސަސާތައް ވަނީ ހިތާއި ހިތުގެ ގުޅުމަކުން ގުޅިފައި." ސައީދު ވިދާޅުވިއެވެ.
“Transparency” ah heyverikan vanee MDP noon bayaku migaumuge verikamah aima. Raees offeehaai, Sarukaaru, Majlis adhi “minivan” mu’assasaathah vanee hithaa hithuge gulhumakun gulhifa. #hypocrisy @TransparencyMV ? pic.twitter.com/JoTHkqVu2R
— Mohamed Saeed (@em_saeed) June 19, 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި ޓްރާންސްޕޭރެންސީން މާބޮޑު މަސައްކަތެއް ކުރާތީ ނުފެންނަ ކަމުގައި ވަރަށް ގިނަ ފަރާތްތަކުން ތުހުމަތުކުރެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ވަރަށް ގިނަ ޢާންމު މެންބަރުން ތުހުމަތުކުރައްވާ ގޮތުގައި ޓްރާސްޕޭރެންސީއަކީ ފިކުރީ ގޮތުންނާއި ވިސްނުމުގެ ގޮތުން އެމްޑީޕީއާ އެއްގޮތް އެޕާޓީއަށް ވާގިވެރިވާ މަދަނީ ޖަމްޢިއްޔާއެކެވެ.