މުނިފޫހިފިލުވުން

ސުޝާންތުގެ އެންމެފަހު ވަގުތުކޮޅުތައް ކަމަށް ބުނެ ޓިކްޓޮކްގައި ދައުރުވަމުންދާ ވީޑިއޯއަކީ އަސްލެއް ނޫން!

ދެން އެމްވީ ، ދެން އޮންލައިން

މިމަހުގެ 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ކަމަށް ނިންމާފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރ، މަރުވުމުގެ ކުރިން އޭނާގެ ގޭގައި އުޅުނު އެންމެ ފަހު ވަގުތުތައް ކަމަށް ބުނެ ޓިކްޓޮކްގައި ދަނީ ވީޑިއޯތަކެއް ދައުރުވަމުންނެވެ.

Ads by MWSC

މިވީޑިއޯތަކާއި ބެހޭގޮތުން "ބޫމް" އިން އިތުރަށް ތަހުގީގު ކުރުމަށްފަހު ބުނެފައިވަނީ އެއީ އަސްލެއް ނޫން ކަމަށާއި އޭގެން ދައްކުވައިދެނީ ސުޝާންތެއްވެސް ނޫން ކަމަށެވެ.

"ބޫމް" އަބަދުވެސް ފާހަގަ ވެފައިވަނީ މީހުން މިފަދައިން ކުރާ ކަންކަން އެހެން މީހުންނަށް ހާމަކޮށްދީ، އަސްލާއި ނަކަލު ހާމަކޮށްދޭ ސައިޓެއްގެ ގޮތުގައެވެ.

ސުޝާންތު މަރުވި ދުވަހުވެސް އުޅުނީ ވަރަށް ބޮޑަށް ހިތާމައާއި ނަފްސާނީ ބަލިމަޑުކަމެއްގައި ކަމަށް ބުނެ ދައުރުކޮށްފައިވާ އެވީޑިއޯއިން ފެންނަނީ ފިރިހެނަކު އެނދުމަތީގައި ވަރަށް ފިކުރު ބޮޑުވެގެން، ހަދާނެ ގޮތެއް ނޭނގިގެން، ބޮލުގައި ބާލީސްވެސް އަޅާ، ހަޅޭލަވާފައި އުޅޭ މަންޒަރެވެ.

"ބޫމް" އިން ބުނީ އެމީހުން ހޯދި ހޯދުމުން އެނގިފައިވަނީ އެވީޑިއޯ އަކީ އެމެރިކާގައި އުޅޭ ޔޫޓިއުބަރ އަދި ޓިކްޓޮކަރ އެއް އުފައްދާފައިވާ ވީޑިއޯއެއް ކަމަށެވެ.

ޓިކްޓޮކްގައި މިވީޑިއޯ ލާފައިވަނީ "ސުޝާންތުގެ އެންމެ ފަހު ވީޑިއޯ" ކަމަށް ބުނެއެވެ. އޭނާ އުޅުނީ ނަފްސާނީ ބަލި ޖެހިގެން ކަމަށް އެވީޑިއޯ ބަލާފައިތިބި ވަރަށް ގިނަ މީހުން ކޮމެންޓުކޮށްފައި ތިއްބެވެ.

އަސްލެއް ނުހިމެނޭ އެވީޑިއޯ އަށް ފަސް ލައްކައަށްވުރެ ގިނަ މީހުން "ލައިކް" ދީފައިވާއިރު 50،000 ވަރަކަށް މީހުން އެވީޑިއޯ ހިއްސާ ކޮށްފައިވެސް ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!