ޚަބަރު

އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް އެއްވުންތައް ނުބާއްވަން އިލްތިމާސްކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންގުމާއި ޚިލާފަށް މާލެ ސަރަޙައްދުގައި އެއްވެ އުޅުމުގެ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

Ads by STELCO

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދިޔުމާއި ގުޅިގެން އިއުލާން ކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތައް ލުއި ދިން ކަމުގައި ވިޔަސް، އާއްމު ތަންތަނުގައި އުޅެވޭނީ އެއްފަހަރާ ތިން މީހުންނަށް ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާާފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ނަމަވެސް އެއެންގުމާއި ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއެންގުންތަކާއި ޚިލާފަށް އެފަދައިން އެއްވުންތައް ނުބޭއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވާއިރު މާދަމާ ހެނދުނު ރައްޔިތުންގެ މަޖިލީސް ކައިރީގައި މުޒާހަރާ ކުރުމަށް، ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމުގައިވާ ނަވާނަވައިން ވަނީ ރާވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!