ޚާއްޞަ ހުއްދައިގެ ދަށުން މާލޭން ތިނަދުއަށް ދިޔަ މީހުންނާ ގިނަ ބަޔަކު ކޮންޓެކްޓްވި

ގދ.ތިނަދުއަށް ޚާއްސަ ހުއްދައިގެ ދަށުން ދިޔަ ދެމީހުން ފައްސި ވެފައިވާއިރު އެ ދެމީހުންނާ ގިނަ ބަޔަކު ކޮންޓެކްޓް ވެފައިވާކަމަށް ތިނަދޫ ކައުންސިލުން ބުނެފިއެވެ.
“ދެން”އަަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ ފައްސި ވެފައި ވަނީ މާލެއިން ޚާއްސަ ހުއްދައެއް ނަގައިގެން، ޖެންޑާއަށް ދިޔަ ދެމީހެއް ކަމަށެވެެ. އަދި މިދެމީހުންނާ ގިނަ ބަޔަކު ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށް ވެސް އަމްޖަދު ވަނީ ވިދާޅުވެފައެވެ.
“ޑައިރެކްޓް ކޮންޓެކްޓުން ގިނަ. މިހާރު ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނަގަމުން ދަނީ. ދިމާވި މީހުން ކަރަންޓީންކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ” އަމްޖަދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މިހާރު ދަނީ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނަގަމުންނެވެ.
ޚާއްސަ ހުއްދައިގެ ދަށުން ތިނަދުއަށް ދަތުރުކުރި ދެމީހުން ކޮވިޑަށް ފައްސި ވެފައިވާކަން އެނގުނީ އެދެމީހުން ދަތުރު ނިންމާލުމަށްފަހު މާލެ ދިޔަ ފަހުންނެވެ. އެ ދެމީހުން ކޮވިޑަށް ފައްސި ވުމާ ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިން އަށް ލާފައެވެ.
މި ދެމީހުންނާ ގިނަ ބަޔަކާ ދިމާވެފައި ވަނީ ބަލަން ދިޔަ މައްސަލައިގައި ބަޔާންތައް ނެގުމަށާއި މައުލޫމާތު އެއްކުރުމުގެ ތެރޭގައި ކަމަށް ކަައުންސިލުން ބުނެއެވެ.