Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޝްރީލަންކަން އެއާލައިންސްގެ ދަތުރުތަށް އަލުން ގަމަށް ފެށުމާމެދު އަދި ވަކި ގޮތެއް ނުނިންމާ!

ޝްރީލަންކަން އެއާލައިންސްގެ ދަތުރުތަށް އަލުން ގަމަށް ފެށުމާމެދު އަދި ވަކި ގޮތެއް ނުނިންމާ!

ޝްރީލަންކަން އެއާލައިންގެ ޝެޑިއުލް ދަތުރުތަށް އައްޑޫސިޓީ ގަމަށް އަލުން ފެށުމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެއެއާލައިންސުން ބުނެފިއެވެ.

އައްޑޫސިޓީގެ ގަމާއި ކޮލޮމްބޯ އާއި ދެމެދު ކުރަމުން އައި ޝެޑިއުލް ދަތުރުތަށް މެދުކަނޑާލާފައިވަނީ ކޮވިޑް-19 ފެތުރުމާއި ގުޅިގެންނެވެ. އަދި އަންމަ މަހުގެ 1 ން ފެށިގެން ބޯޑަރުތައް އަލުން ހުޅުވާލުމުން މިދަތުރުތަށް އަލުން ފެށޭނެކަމަށް ގިނަ ބަޔަކު ތިބީ އުންމީދު ކޮށްގެންނެވެ.

ނަމަވެސް މިކަމާއި ގުޅިގެން އޭސް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފިރާޤް ސޯޝަލް މީޑިއާގައި ބުނެފައިވަނީ ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވުނު ކަމުގައިވީ ނަމަވެސް ގަމާއި ކޮލޮމްބޯއާއި ދެމެދު ކުރަމުން އައި ދަތުރުތަށް އަލުން ފެށުމާމެދު އެ އެއާރލައިނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ދަތުރުތަށް އަލުން ފެށުމާމެދު އަދި ވަކި ގޮތެއް ނިންމާފައިނުވާ އެންމެ ބޮޑު އެއް ސަބަބަކީ އައްޑީ ސިޓީ އެކަނި ހިމެނިގެން އެކަށީގެންވާ ޕަސިންޖަރުން ނުލިބުން ކަމުގައި ވެސް ފިރާޤު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް