Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

11 އަހަރުގެ ކުއްޖާ ރޭޕްކުރި މީހާ ދަންޖައްސަން ގޮވާލާ ޕެޓިޝަނެއް!

11 އަހަރުގެ ކުއްޖާ ރޭޕްކުރި މީހާ ދަންޖައްސަން ގޮވާލާ ޕެޓިޝަނެއް!

މާލޭގެ ގެސްޓްހައުސް އަކަށް އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ހއ. ބާރަށް/ ސިލްސިލާގޭ އަނީސް ހިލްމީ (38އ.) ދަންޖައްސަން ގޮވާލާ، ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ނޭޝަނަލ ގާޑް ބިއުރޯ ރިކޯޑްސް (އެންޖީބީ އާރްސީއާރްޑީއެސް) ގެ ފަރާތުން މިޕެޓިޝަން އުފައްދާފައިވަނީ މުޅިއަކު 15،000 މީހުންގެ ސޮއި ހޯދުމަށެވެ.

ޖެންޑާ މިނިސްޓްރީ އަށާއި ކަމާއި ގުޅުންހުރި އިތުރު ދެ މުއައްސަސާއަކަށް ހުށަހަޅާ މިޕެޓިޝަން އުފައްދާފައިވަނީ "ޗޭން.އޯގް" ވެބްސައިޓު މެދުވެރިކޮށެވެ.

Advertisement
Ooredoo — Truecaller (box)

އަނީސް ދަންޖެއްސުމަށް ގޮވާލާ އުފައްދާފައިވާ މިޕެޓިޝަންގައި އެންގީބީ އާރްސީއާރްޑީއެސް އިން ބުނެފައިވަނީ މިފަދަ ކަންކަމަކީ ކުދި ކަންތައްތައް ކަމުގައި ދެކިގެން ނުވާނެ ކަމަށާއި މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ހަރުކަށި އަދަބު ކަނޑައެން ޖެހޭ ކަމަށެވެ.

އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ހުށަހެޅިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އަނީސް ހައްޔަރު ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރެއެވެ. އަދި އޭނާ މިހާރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.

މިހާތަނަށް ތަހުގީގުން ހޯދި ހޯދުމުގައި އެނގިފައިވަނީ މިމައްސަލައިގެ ތުހުމަތު އުފުލިފައިވާ މީހާ ކުޑަކުއްޖާ ރޭޕްކޮށްފައިވަނީ އެކުއްޖާ ގްރޫމް ކޮށްގެން ކަމަށެވެ.

އެންޖީބީ އާރްސީއާރްޑީއެސް ގެ އިން ބުނެފައިވަނީ ރާއްޖެއަކީ ކުޑަކުދިންނަށް ޖިންސީގޯނާ ފަސޭހައިން ކުރެވޭ ތަނަކަށްވެފައިވާ ކަމަށާއި، މިކަން މިހާރުން މިހާރަށް ހުއްޓެން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް