ޚަބަރު

ކޮވިޑް-19: ކުޑަކުދިން އަބަދު ބޭރަށް ނުނެރުމަށް އިލްތިމާސް ކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ދުވަސްތަކަކަށް ބަހާލައިގެން ކުޑަކުދިން ބޭރަށް ނެރުމަށާއި، ފުރަބަންދަށް ލުޔެއް ދީފައިވީ ނަމަވެސް ކުޑަކުދިން އަބަދު ބޭރަށް ނުނެރުމަށް ޓެގް ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. އަހުމަށް ލުޔެއް ދީފައިވީ ނަމަވެސް ކުޑަކުދިން އަބަދު ބޭރަށް ނުނެރުމަށް ޓެގް ޓީމުގެދު ޝަހީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަބަންދަށް ދެވުނު ލުއިތަކާއެކު ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:00 ން 18:00 އަށް ކުޑަކުދިން ގޮވައިގެން ބޭރަށް ނިކުތުމުގެ ހުއްދަ ވަނީ ދީފައެވެ.

ނަމަވެސް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހާކަ ދައްކަވަމުނ ޑރ. ޝަހީދު ވިދާޅުވީ ލުއިދީފައިވާ ވަގުތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ބޭރުގައި އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މިއީ އެއްވެއް ހާލަތެއްގައި ރައްކާތެރިކަމެއް ނޫން ކަމުގައެވެ.

"ބޭރަށް ނިކުމެ އުޅުމަށް ހުއްދަ ދީފައި އޮތް ކަމުގައިވިޔަސް، އެ ކުދިން ބޭރަށް ނެރޭއިރު ވަކި ދުވަސްތަކަކަށް ބަހާލައިގެން ވީހާވެސް ދުވަސްތައް މަދުކޮށް މިގޮތަށް އަމަލުކުރެވިދާނެ" ޑރ.ޝަހީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!