ޚަބަރު

ހޯމް ކަރަންޓީނާ ހިލާފުވި ދެމީހަކު ފުވައްމުލަކުން ހައްޔަރުކޮށްފި

ފުވައްމުލަކުގައި ހޯމް ކަރަންޓީނާ ހިލާފުވި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުވައްމުލަކު ސިޓީ އިން ހާމަކުރި ގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހޯމް ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވެ، ބޭރަށް ނިކުތުމުގެ ސަބަބުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ދެމީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތަށް މިހާރުވަނީ 14 ދުވަސް ޖަހާފައެވެ. ނަމަވެސް ފުލުހުން އަދި މިކަމާ ގުޅިގެން އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ހޯމް ކަރަންޓީނުގައި ތިބި ހުރިހާ މީހުން ވެސް މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މާލޭގައި ތާށިވި މީހުންގެ ތެރެއިން ރަށަށް އެނބުރި ގޮސް 21 ދުވަހަށް ހޯމް ކަރަންޓީން ވާން ޖެހޭނެއެވެ. އެމީހުންގެ ޓެސްޓު ނަތީޖާ ނުލިބެނީސް، ގެއަށް ބޭރަށް ދިއުމާ އެހެން މީހުންނާ ބައްދަލުކުރުމަކީ މަނާކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!