ޚަބަރު

ކަރަންޓީނުވާ ގެތަކުގައި ދިރިއުޅޭ އެހެން މީހުންނަށް މިހާރު ބޭރަށް ނުނިކުމެވޭނެ

ދެން އެމްވީ ، ދެން އޮންލައިން

މާލެ ލޮކްޑައުން ކުރުމާ ގުޅިގެން މާލޭގައި ތާށިވި މީހުންގެ ތެރެއިން ރަށަށް ފޮނުވާ ފަރާތްތައް ރަށުގައި ކަރަންޓިންވާ ގޭގައި ދިރިއުޅޭ އެހެން މީހުންނަށް ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.

Ads by STELCO

އިސްލާހުކޮށްފައިވާ މި އުސޫލަކީ އެޗްޕީއޭ ގެ ވެބްސައިޓުގައި މި މަހުގެ 15 ވަނަ ދުވަހު އާންމުކުރި އުސޫލެކެވެ. މިހާތަނަށް މި އުސޫލު ހަތަރު ފަހަރެއްގެ މަތިން ވަނީ އިސްލާހުކޮށްފައެވެ.

އެންމެ ފަހުން ގެނައި އިސްލާހާއެކު މިހާރު ކަރަންޓިންގެ މުއްދަތު ވަނީ 14 ދުވަހަކަށް ކުރުކޮށްފައެވެ. މީގެ ކުރިން އުސޫލު އާންމުކުރިއިރު 24 ދުވަހު ކަރަންޓީނު ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ 14 ދުވަސް ހަމަވުމުން ކޯވިޑް-19 އަށް ޓެސްޓްކުރުމަށްފަހު ނަތީޖާ ނައްސިވުމުން އެމީހަކު ދޫކޮށްލެވޭނެއެވެ. ނަމަވެސް ނަތީޖާ ފައްސިވެއްޖެނަމަ ކަންތައްކުރެވޭނީ ފައްސިވާ މީހުނަށް ކަނޑައަޅާފައިވާ މީހުނާމެދު ކަންތައް ކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުންނެވެ.

މީގެ އިތުރުން މި އުސޫލަށް އިތުރު އިސްލާހެއް ގެނެވިފައެއްނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!