ޚަބަރު

މާލޭ ޖަލުގެ އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޓެސްޓު ކުރަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލޭ ޖަލުގެ ގައިދީންނާއި އޮފިސަރުން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

މާލޭ ޖަލުގެ އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޓެސްޓު ކުރަން ފަށާފައިމިވަނީ މާލޭ ޖަލުގައި މަސައްކަތްކުރާ މޯލްޑިވްސްް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ކޮވިޑް19 އަށް ފައްސިވުމާ ގުޅިގެންނެވެ. ފައްސިވެފައި ވަނީ މާލޭ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެކެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޮފިސަރު ޕޮޒިޓިވްވުމާ ގުޅިގެން އެ ޖަލުގެ އޮފިސަރުންނާއި ގައިދީން ޓެސްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭ އިން ކުރަމުންދާ ކަމަށާއި ގައިދީންނާއި އޮފިސަރުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

މީގެކުރިން ވެސް ރާއްޖޭގެ އެކި ޖަލުތަކުގެ ބައެއް އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޓެސްޓުކޮށްފައިވެއެވެ. ނަމަވެސް އެފަހަރު ނެގި ހުރިހާ ސާމްޕަލެއް ވަނީ ނައްސި ވެފައެވެ.

ރާއްޖެއިން މިހާތަނަށް 2187 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު، 1788 މީހުން ރަނގަޅުވެ، 8 މީހަކު ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!