ވިޔަފާރި

ކޮލިޓީ ރަނގަޅު މުދާ "ނަވާހި ޓްރޭޑާރސް" އިން، މިހާރު ވެބްސައިޓް މެދުވެރިކޮށް ވެސް އޯޑަރު ދެވޭނެ!

ދެން އެމްވީ ، ދެން އޮންލައިން

މިދުވަސްވަރަކީ މާލޭގައި ކޮވިޑް-19 ފެތުރެމުން އަންނަ ދުވަސްވަރު ކަމަށްވުމާއެކު ކޮންމެ ބޭފުޅަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ، ބޭރަށް ނުނިކުމެ ގޭގައި ތިބެގެން ބޭނުންވާ ތަކެތި ލިބޭނެ ގޮތެކެވެ.

Ads by MWSC

އެގޮތުން "ނަވާހި ޓްރޭޑަރސް" އިން މިވަނީ ފޯނުން ގުޅައިގެން ތަކެއްޗަށް އޯޑަރުދިނުމުގެ އިތުރުން އެމީހުންގެ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އެއްވެސް ދަތި އުނދަގޫ ކަމަކާއިނުލާ މުދާ ލިބޭނޭ އިންތިޒާމު ހަމައްޖައްސައިދީފައެވެ.

މިޚިދުމަތާއި ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ނަވާހިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ހަސަން ރިޔާޒް ވިދާޅުވީ ނަވާހިގެ ވެބްސައިޓް މެދުވެރިކޮށް މުދާހޯދުމަށް އޯޑަރު ކުރެވޭއިރު މިހާރު އެފިހާރައިން ޑިޓާޖެންޓް އަދި ޓޮއިލެޓްރީޒްގެ ބާވަތްތަކުން ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

" ނަވާހި ޓްރޭޑާސްގެ ވެބްސަޓްގެ ބޭނުމަކީ މިނުރައްކާތިރިދުވަސްވަރު އެކިބާވަތުގެ ކޮނެމެހެންބޭނުންވާ މުހިންމު ސާމާނު ގޭގައި ތިބެގެން އޮންލައިންކޮށް ގަނެލެވޭނެ ގޮތްހެދުން. މިތަނުން ލިބެންހުންނަ ތަކެތީގެ ތެރޭގައި ކުކުޅުގެ އެކިބާވަތްތަކާއި، ދިވެހިކަޑުމަހުގެ އެކިބާވަތްތަކާއި އަދި ތަރުކާރީ އާއި އައިސްކުރީމް ވެސް ލިބެންހުންނާނެ. މީގެ އިތުރުން ހަނޑޫ، ހަކުރު، ފުށުށް ވެސް ލިބެން ހުންނާނެ. އަދި ޑިޓާޖެންޓާއި ޓޮއިލެޓްރީސްގެ ބާވަތްތަކުން ޚާއްސަ ޑިސްކައުންޓެއް ވެސް އަޅުގަނޑުމެން ދިނުމަށް ވަނީ ހަމަޖެހިފަ" ހަސަން ވިދާޅުވިއެވެ.

މާލެ އަދި ހުޅުމާލެއަށް ހިލޭ ތަކެތި ޑެލިވަރ ކޮށްދޭ ނަވާހި ގެ ވެބްސައިޓަކީ www.navaahi.com

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!