ޚަބަރު

މަޖިލިސް ދޮށުގައި ކުރި މުޒާހަރާ ފެށުމާއެކު ދުރަށް ޖައްސައިފި

ދެން އެމްވީ ، ދެން އޮންލައިން

ވާތުފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައިން އިސްނަގައިގެން މިއަދު ރައްޔިތުންގެ މަޖިލީސް ކައިރީގައި މުޒާހަރާ ކުރަން ފެށުމާއެކު ފުލުހުން އެކަން ހުއްޓުވައިފިއެވެ.

Ads by STELCO

މުޒާހަރާގެ ބައިވެރިން މަޖިލިސް ކައިރިއަށް އެއްވެފައިވަނީ މިއަދު ހެނދުނު 8:30 ކަންހާއިރުއެވެ.

ބައިވެރިން މާސްކު އަޅައިގެން ތިިބިއިރު ކޮންމެ މީހެއްގެ އަތުގައި މަޖިލީހުގެ މެންބަރުންގެ އަމަލުތަކާ މެދު ހިތްހަމަނުޖެހުން އޮތްކަން އަންގައިދޭ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ވެއެވެ.

އެއްވިތާ ދިހަ ވަރަކަށް މިނަޓުގެ ތެރޭގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން އެތަނުން ދުރަށް ޖައްސާފައެވެ. ވަކި ހިސާބަކަށް ދުރަށް ޖެއްސުމަށް ފަހު ހޮޓެލް ޖެންއާ ކައިރިން ބެރެކޭޑް ޖަހައި މަޖިލީހުގެ އިދާރާއާ ކައިރިއަށް ނުދެވޭ ގޮތަށް މިހާރު މަގުތައް މިހާރު ވަނީ ބަންދު ކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން ގެންދަނީ އަދިވެސް އެތަނުގައި ތިބެ އަޑުއުފުލަމުންނެވެ.

"މަޖިލިސް ހޭލައްވަން" މިނަމުގައި ކުރާ މުޒާހަރާ އަކީ މި ބަލިމަޑުކަމުގެ ހާލަތުގައި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވިއިރު ވެސް ރައްޔިތުންގެ މަޖިލީހުން އެކަމަށްޓަކައި މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ ބޭއްވުނު މުޒާހަރާއެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!