ޚަބަރު

ނަމާދު ކުރަނިކޮށް ވީޑިއޯކޮށް ދީނަށް ހަޖޫޖެހި މީހާގެ މައްސަލަދަނީ ބަލަމުން!

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މުވައްޒިފަކު ނަމާދު ކުރަނިކޮށް ވީޑިއޯކޮށް އެމީހާއަށް އުނދަގޫ ކުރި މައްސަލަ ބަލަމުންދާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިހާރު މީސް މީޑިއާގައި ވެސް ހަލުވިކަމާއެކު ދައުރުވަމުންދާ އެވީޑިއޯ އިން ފެންނަނީ، އެމްޑަބްލިޔުއެސްސީ ގެ މުވައްޒިފަކު ނަމާދަށް ހުއްޓާ ވީޑިއޯ ކުރަމުން އޭނާއަށް އުނދަގޫވާވަރަށް މީހަކު ވާހަކަ ދައްކާ މަންޒަރެވެ. އޭގައި އެމީހާ ދީނަށް ހަޖޫ ޖަހާފައި ބަސްތައް ބުނަމުންދާ އަޑުވެސް އިވެއެވެ. އަދި އޭނާގެ ދުއްތުރާތަކުގެ ސަބަބުން ނަމާދު ކުރަން ހުންނަ މީހާ ނަމާދު ކުރުން ހުއްޓާލައެވެ.

އެމީހާގެ މިޢަމަލު ކުށްވެރި ކުރަމުން އެމްޑީ ޝާހު ރާއްޖެޓީވީ އަށް މައުލޫމާތު ދެމުން ވިދާޅުވީ ސަމާސާއަކަށް ވިޔަސް މީހަކު ނަމާދު ކުރަނިކޮށް އެމީހަކަށް ޖެއްސުންކޮށް ވީޑިއޯ ހެދުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އެމްޑަބްލިޔުއެސްސީ ގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން އެކަން މިހާރު ބަލަމުންދާ ކަމަށް ވެސް ޝާހު ވިދާޅުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!