ޚަބަރު

މަރު ކޮމިޝަނުން ރައީސް ނަޝީދު ދެއްކެވި ވާހަކަ ދޮގުކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުޤީޤުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހެއްދެވީ އިތުރުފުޅެއް ކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރާ ސުވާލުކުރެއްވުމުގެ ތެރޭގައި ސ.ހިތަދޫ މެދު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ހަރުކަށި ފިކުރާއި ގުޅޭގޮތުން ސުވާލެއް ކުރެއްވުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިޔުއްވާފައި އެބަ އޮތް އެބޭފުޅުންނަކަށް ދެން އެ މަސައްކަތެއް ނުކުރެވޭނެ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓް ތިޔަބޭފުޅުންނާ ހަމައަށް ލިބިވަޑައިގަތީމަ ރަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނަނުން ދެކޭ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދޭން ނެތް ކަމަށް ވަނީ" ނަޝީދު ވިދާޅުވިއެވެ.

މިވާހަކަތައް ދޮގުކުރައްވާ މަރު ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އެދިފައިވާ ކަމަށެވެ. އެގޮތުން މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ގުޅޭ ހެކި ހޯދުމުގައި ގޮންޖެހުންތައް ކުތިމަތިވާ ކަމަށް މަޖިލީހަށް ހިއްސާ ކޮށްފައިވާނެކަމަށެވެ. އެހެން ނަމަވެސް މަރު ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން މަރު ކޮމިޝަނުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާކަމަށާއި، އެކަމުގެ މައުލޫމާތު ދެއްވާކަމަށްވެސް ވަނީ އެކޮމިޝަނުން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!