ޚަބަރު

ޕާޓީން އެދިއްޖެނަމަ އިންތިހާބުގައި ކުރިމަތިލާން ވިސްނާނަން: ރައީސް ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

ޕީޕީއެމްއިން އެދިއްޖެ ނަމަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ވިސްނާނަން ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ވަހީދު މިހެން ވިދާޅުވީ އެޑްވައިޒެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމްގައި ހުރިހާ މެމްބަރުންނަށް ވެސް އެބައޮތް ކަމަށާއި ނަމަވެސް އެކަމާއި މެދު އެއްގޮތަކަށް ވެސް އަދި ނުވިސްނަވާ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑު ވަރަށް އުފަލުން މިހާރު މިހުރީ. ކޮންމެ ހާލެއްގައި ނަމަވެސް ރިޔާސަތުގައި ވެސް ހުރެއްޖެއިން، އެ ތަޖުރިބާ ވެސް ލިބިއްޖެ. އެހެންވީމަ އެއީ އެހާ ބޮޑު ކަމެއް ނޫން އަޅުގަނޑަކަށް" ވަހީދު ވިދާޅުވިއެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމުން އެދިއްޖެނަމަ އެކަމާމެދު ވިސްނަވާނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އިދިކޮޅުގެ ޓިކެޓު ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ނަމަވެސް އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލާފައިވާއިރު، އެ ހުކުމް ބާތިލް ނުކުރާހާ ހިނދެއްގައި އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނޯންނާނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!