70 ޕަސެންޓު މީހުންނަށް އަދިވެސް އިންކަމް ސަޕޯޓް އެލަވެންސް ނުލިބޭ: އާދަމް ޝަރީފް
ކޮވިޑް-19ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި މީހުންގެ ތެރެއިން 70 ޕަސެންޓު މީހުންނަށް އަދިވެސް އިންކަމް ސަޕޯޓް އެލަވެންސް ނުލިބޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އޭގެ ފަހުން އިންކަމް ސަޕޯޓުގެ ގޮތުގައި ޖުމްލަ 488 ބޭފުޅަކަށް 1.967 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށް ސަރުކާރުން މީގެ ދެ ހަފްތާ ކުރިން ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީފާތައް ދަނީ އަދިވެސް ގެއްލެމުން ކަމަށާއި މަސައްކަތްތެރިންގެ ހައްގުތައް ދަނީ ގެއްލެމުން ކަމަށެވެ.
"އިންކަމް ސަޕޯޓު އެލަވެންސް ލިބޭލެއް މާ ލަސް. މިހާތަނަށް 70 ޕަސެންޓު މީހުންނަށް އެ އެލަވެންސް ލިބުނީ. ރައްޔިތުންނަށްޓަކައި މިކަންކަމަށް ހައްލު ހޯދައިދުމަށް މުއަސަސާތަކުގެ ސްޕީޑް ދެގުނައަށް ބާރު ކުރުމަށް ގޮވާލަން." އާދަމް ޝަރީފް ވިދާޅުވިއެވެ.
Vazeefaathah dhanee adhives gellemun. Masakkaiytheringe haqquthah dhanee gellemun. Income support allowance libeyleh maalas. Mihaathanah 70% meehunnah e allowance nulibey. Rayyithunnattakai mikankamah hallu hoadhumah muassasaathakuge speed dheguna baaru kurumah govaalan.
— Adam Shareef Umar (@Adamshareefz) June 22, 2020
އެންސްޕާ މެދުވެރިކޮށް ދޫކުރެވޭ އިންކަމް ސަޕޯޓް އެލަވެންސްގެ ފައިސާ ހަވާލުކުރެވެނީ މާޗް 1، 2020ގެ ފަހުން، ކޮވިޑް-19 ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތައް އަދި މުސާރަ ނުލިބޭގޮތަށް ނޯ ޕޭ ލީވް އަށް ފޮނުވާލެވިއިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކުރެވިފައިވާ ފަރާތްތަކަށެވެ.