ޚަބަރު

ރައީސް ވަހީދާއެކު ރައީސް ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް މުހައްމަދު ވަހީދު އިދިކޮޅާ ގުޅިވަޑައިގަތުމަކީ ޖަލަށް ލާފައިވާ ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ރައީސް ވަހީދު، އިދިކޮޅު ކޯލިޝަންގެ ހާއްސަ އެޑަވައިޒަރަކަށް އައްޔަނު ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އަދުރޭ ވިދާޅުވީ ރައީސް ވަހީދު ޕީޕީއެމް/ޕީއެންސީގެ ބަދަހި ޓީމާ އެކު ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގަތުމަކީ ރައީސް ޔާމީން މިނިވަންކޮށް ގައުމު ހަމައަކަށް އެޅުވުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރައީސް ވަހީދު އެޑަވައިޒަރަކަށް އައްޔަނު ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ އެ މަގާމު ގަބޫލުފުޅު ކުރެއްވީ ތަސައްވުރަކާއެކު ކަމަށެވެ. އެ ތަސައްވުރަކީ ވަރުގަދަ ހަރަކާތްތެރި ސިޔާސީ ޕާޓީތަކެއް ރާއްޖޭގައި އޮތުން ކަމަށާއި އޭގެ ނަމޫނާ ޕާޓީއަކަށް ޕީޕީއެމް ހެދުން ކަމަށް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ރޭ ވިދާޅުވި ގޮތުގައި އެ މަނިކުފާނު އެންމެ އިސްކަން ދެއްވާނީ ރައީސް ޔާމީނަށް އިންސާފު ހޯއްދަވައި ދެއްވާ އެމަނިކުފާނު މިނިވަން ކުރާށެވެ. ވަހީދުގެ ނަޒަރުގައި ރައީސް ޔާމީންގެ މައްޗަށް ހިންގުނީ ބޭއިންސާފު ޝަރީއަތެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!