ޚަބަރު

ފަޅު ރަށެއްގައި އުޅޭ ބަޔަކު ޖަމާއަތް ހަދައިގެން ރަށް ރަށަށް އަރައި ވައްކަން ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ރ. އަތޮޅުގެ ފަޅު ރަށެއްގައި އުޅޭ ބަޔަކު ޖަމާއަތް ހަދައިގެން ރަށް ރަށަށް އަރައި ވައްކަން ކޮށް މުދަލަށް ގެއްލުންދޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ރ. އަތޮޅުގައި ފަށައިފިއެވެ.

ފުލުހުން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅެމުންދާ ކަމަށެވެ.

އަދި އެ މީހުން ޖަމާޢަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައް ކޮށް މުދަލަށް ގެއްލުންދޭ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގާ ހަރަކާތެއް ރ. އަތޮޅުގައި ފުލުހުން ކުރިއަށް އެބަ ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

އިތުރު ތަފްސީލު އަންނަނީ...

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!