ތަފާތު ކުރުމުގެ ބަލިމަޑުކަން ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ވެސް އެބައޮތް: ދަރާ
ބޮލީވުޑްގެ ފިލްމު އިންޑަސްޓްރީ އެކޭ އެއްފަދައިން ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ވެސް ތަފާތު ކުރުމުގެ މައްސަލަ ވަރަށް ބޮޑުކަން 80 އަހަރުތަކުން ފެށިގެން ފިލްމު އިންޑަސްޓްރީގައި މަގުބޫލުކަން ހޯދާފައިވާ އެކްޓަރ އަދި ޑައިރެކްޓަރ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) ބުނެފިއެވެ.
ދަރާ ރަޝީދު ބުނީ ބޮލީވުޑް އެކޭ އެއްފަދައިން ރާއްޖޭގެ ފިލްމު އިންޑަސްޓްރީ އާއި މީޑިއާ ތަކުގައި ވެސް ތަފާތު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.
ބޮލީވުޑްގެ އެކްޓަރ ސުޝާންތު އާއިމެދު ތަފާތު ކުރުންތަކެއް ހުރިކަމެއް ބުނެ އެޤައުމުގައއި ފެތުރެމުން އަންނަ ބަހުސްތަކަށް އިޝާރާތް ކުރައްވަމުން ދަރާ ރަޝީދު މިހެން ބުނެފައިވީ ނަމަވެސް މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއެވެ.
ނަމަވެސް ސުޝާންތާއި ގުޅޭގޮތުން ލިބިފައިވާ އެކިއެކި ޚަބަރުތައް ފިލްމީ ދަރިންތަކެއް ތިބޭ ވައިބާ ގްރޫޕެއްގައާއި ދަރީ ރަޝީދުގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ހިއްސާ ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.
ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެ، މަޝްހޫރުކަން ހޯދާފައިވާ ދަރާ ރަޝީދު ވަނީ މިދިޔަ އަހަރު ބޭއްވުނު 9 ވަނަ ދިވެހި ފިލްމު އެވޯޑްސް ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް ހޯދާފައެވެ.