ޚަބަރު

ތިން ދުވަސް ފަހުން ލަންކާއިން ކޮވިޑް ފެނުނީ ރާއްޖެއިން ދިޔަ މީހެއްގެ ފަރާތުން

ދެން އެމްވީ ، ދެން އޮންލައިން

އަވަށްޓެރި ލަންކާއިން ކޮވިޑް-19ގެ ކޭސްއެއް ނުފެންނަތާ ތިން ދުވަސް ފަހުން ރާއްޖެއިން އެ ގައުމަށް ދިޔަ މީހެއް ފަރާތުން ބަލި ފެނިއްޖެއެވެ.

Ads by Sosun Fihaara

ލަންކާގެ މީޑިއާތައް ބުނާގޮތުގައި އެ ގައުމުން ކޮވިޑަށް މީހަކު ފައްސިވިކަން އެންމެ ފަހުން ހެލްތު މިނިސްޓްރީން އިއުލާނުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

އެގޮތުން ފާއިތުވެ ދިޔަ ތިން ދުވަހު އެގައުމުން ކޮވިޑް ކޭސްއެއް ފެނިފައި ނުވާއިރު، އެންމެ ފަހުން މީހަކު ފައްސިވެފައިވާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހު ތިން ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ލަންކާ ސަރުކާރުން ބުނާ ގޮތުގައި، އެ ގައުމުގައި މިހާރު ކޮވިޑަށް ފައްސިވަމުން އަންނަނީ އެހެން ގައުމު ތަކުން އަނބުރާ ލަންކާއަށް ދާ މީހުންނެވެ. އެހެންކަމުން ލަންކާއަށް އެނބުރި ދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.

ލަންކާއިން އިއްޔެ ވަނީ އިތުރު 28 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 1،526 ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!