ދުނިޔެ

ފަލަސްތީނުގެ ބިންތަކަކީ އިޒްރައިލުގެ ބިންތަކެއް ގޮތުގައި އެމެރިކާއިން ނިންމަނީ

ދެން އެމްވީ ، ދެން އޮންލައިން

އިޒްރޭލުން ޙިސޯރުކޮށްފައިވާ ފަލަސްތީނުގެ ދެކުނު އައްސޭރީގެ ބިންތަކަކީ އިޒްރޭލުގެ ބިންތަކެއްކަމުގައި ކަނޑައެޅުމަށް އެމެރިކާއިން މަޝްވަރާ ކުރަން ނިންމައިފިއެވެ.

Ads by WAMCO

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އިޒްރާއީލަށް ފައިދާވާގޮތަށް މަޝްރޫޢުއެއް އިއުލާނުކޮށް، އިޒްރޭލުން ހިފާފާފައިވާ ފަލަސްތީނުގެ ބިންތަކަކީ ފަލަސްތީނުގެ ބިންތަކެއް ކަމުގައި މިއަހަރުގެ ޖެނުއަރީމަހު ކަނޑައަޅާފައެވެ.

ޓްރަމްޕު އުފެއްދި އެމަޝްރޫޢުއަށް ބަލާއިރު، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހުރިހާ ބިމަކާއި އިޒްރޭލުގެ ބާރުގެ ދަށުގައި ހުރި ބިންތައް، އިޒްރޭލުގެ ބިންތަކެއް ގޮތުގައި ވެގެންދާނެއެވެ. އެފަދައިން ވެއްޖެނަމަ ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އުފެއްދުމަށް ނިންމާފައިވަނީ އެކި ސަރަޙައްދުތަކަށް ބެހިފައިވާ ވަރަށް ކުޑަ ބިންކޮޅަކުންނެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިޒްރާއީލުގެ ބައެއް ކަމުގައި ކަނޑައެޅުމަށް އަންނަ މަހުގެ 1 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހާއި މަޝްވަރާ ކުރާނެ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!