ޚަބަރު

ބަރުލަމާނީ ނިޒާމެއް ގެނެވޭނީ ރައްޔިތުންގެ ވޯޓުން، އެކަމާ މެދު އަޅުގަނޑު ނުވިސްނަން: ރައީސް

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެވޭނީ ރައްޔިތުންގެ ވޯޓުން ކަމަށާއި އެކަމާ މެދު ނުވިސްނާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެމަގާމުގައި ހުންނެވީ މަގާމުގައި މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންވަނީ އެ ވައުދުތައް ފުއްދުމަށްކަމަށެވެ. އަދި ރައީސް ގެ ސިކުނޑި އާއި އެހެން ކަންކަން މި ވައުދު ފުއްދުން ނޫން ކަމަކަށް ހުސްކުރަން ބޭނުން ނުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" ބަރުލަމާނީ/ ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިމިފައި" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ވިދާޅުވީ އެއްވެސް ޒަމާނެއްގައި ރިޔާސީ ނިޒާމު ބަދަލުކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކަންކަމަށް ކަމުގައެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބަރުލަމާނީ ނިޒާމަކަށް މި ސަރުކާރު ބަދަލު ކުރުމަށް ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!