ޚަބަރު

ކޯލިޝަން ދެމި އޮންނާނެ ކަމަށް ވިދާޅުވުމުން މައުމޫންގެ ޝުކުރު ރައީސަށް!

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރު ކޯލިޝަން ދެމި އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން އެމްއާރްއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައީސް ސޯލިހު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ ރައްޔިތުން އިންތިހާބު ކުރީ ކޯލިޝަން ސަރުކާރެއް ކަމަށާއި ސަރުކާރު ދެމި އޮތްހާ ހިނދަކު ކޯލިޝަން ދެމި އޮންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކޯލިޝަން ސަރުކާރެއްކަން ހާމަކުރައްވައި އަދި ކޯލިޝަން ދެމި އޮންނާނެ ކަމަށް ވިދާޅުވުމުން އެމްއާރްއެމްގެ ފަރާތުން ރައީސް ސޯލިހަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ހައުސިން މިނިސްޓްރީ އުވާލުމަށް ނިންމެވީ އެއްމަސައްކަތެއް ދެ މިނިސްޓްރީން ކުރެވޭތީ އެމަސައްކަތް ހަލުވި ކުރެވޭނީ އެގޮތުން ކަމަށް ގަބޫލުކުރެވޭތީ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!