މުނިފޫހިފިލުވުން

ސޭންޑީގެ ބަސް: "އެންމެން ވެގެން މަ ކާލާ"

ދެން އެމްވީ ، ދެން އޮންލައިން

ފިޓް ފާޒިލް ގެ ގިވްއަވޭ ކާމިޔާބު ކުރި މޫނު ބުރުގާ އަޅައިގެން އިން ޝަރުމީލާ އަކީ މަޝްހޫރު ފެޝަން ޑިޒައިނަރ ޙުސެއިން ޝަދްޔާން (ސޭންޑީ) ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

Ads by STELCO

ފިޓް ފާޒިލް ގެ ނަސީބުވެރިޔާ ކަމަށް ބުނާ މީހާ އާއެކު ވީޑިއޯ އާ ފޮޓޯ އާންމުކުރުމާއެކު ގިނަ ބަޔަކު ވަނީ އެއީ ޝަރުމީލާ ނޫން ކަމަށާއި މޫނު ބުރުގާ އަޅައިގެން އިނީ ސޭންޑީ ކަމަށް ބުނެފައެވެ. އަދި ސޭންޑީ އާ މޫނު ބުރުގާ އަޅައިގެން އިން މީހާގެ ބުމަ ވައްތަރުކަމަށްބުނެ ތަފާތު އެކި އެކި ފޮޓޯ ތައް ވެސް ވަނީ މީސް މީޑިއާ ގައި ދަުރުވެފައެވެ.

ސޭންޑީ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ ޝަރުމީލާ އަކީ އޭނާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

"އެންމެންވެގެން މަ ކާލާ ދެން، ޝަހާދެއް ސަލާމަތެއް ނެތޭ.”" ސޭންޑީ ގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ސޭންޑީގެ އިތުރު ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ގިނަ މީހުން އޭނާ އަކީ ޝަރުމީލާ ކަމަށް ބުނަމުން ދަނީ އޭނާގެ ކަޅިރަވަ ރީތިވީމައެވެ. އަދި ދެން އޭނާ އާ ދިމާއަށް ޝަރުމީލާ އޭ ކިޔާ މީހުން "ޑިލިޓު" ކޮށްލާނެ ކަމަށް ސޭންޑީ ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!