ދުނިޔެ

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ބައިވެރި ނުވެވޭ!

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރުގެ ޙައްޖުގެ މާތް އަޅުކަމުގައި ހަމައެކަނި ސައުދީ އަރަބިއާގައި ދިރިއުޅޭ މީހުންނަށް ބައިވެރިވެވޭއިރު، އޭގެ ތެރެއިން ވެސް އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

Ads by WAMCO

ސައުދީ ސަރުކާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޤައުމުގެ ހެލްތު މިނިސްޓަރު ޑރ. ތައުފީޤް އަލް ރާބިޔާ ވިދާޅުވީ، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި އުމުރުން 65 އަހަރުގެ މީހުންނަށާއި ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ޙައްޖު އަަޅުކަން ފެށުމުގެ ކުރިން ފެތުރެމުން އަންނަ ކޮވިޑް-19 އަށް ހުރިހާ ޙައްޖާޖީން ވެސް ޓެސްޓު ކުރާނެ ކަމަށާއި ޙައްޖާޖީންގެ ސިއްޙީ ހާލު ކޮންމެ ދުވަހަކުވެސް މޮނީޓަރ ކުރަމުން ދާނެ ކަމަށް ޑރ. ތައުފީޤް ވިދާޅުވިއެވެ.

މީގެއިތުރުން މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުދީ އަރަބިއާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ޙައްޖުގެ އަަޅުކަމުގައި ބައިވެރި ކުރެވޭނީ ގާތްގަނޑަކަށް 10،000 މީހުން ކަމަށާއި ނަމަވެސް އެެއީ އަދި ކޮންބައެއްކަން ކަނޑައެޅިފައި ނުވާ ކަމަށެވެ.

ގައިދުރުކަމަށް އިސްކަންދީގެން މިއަހަރު ޙައްޖުގެ އަޅުކަން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ކުއްލި ހާލަތަކަށް، ޙައްޖާޖީންނަށް ފަރުވާ ދިނުމަށް ޚާއްސަ ހޮސްޕިޓަލެއް ތައްޔާރު ކުރެވިފައިވާ ކަމަށް ވެސް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!