ދުނިޔެ

93 އަހަރުގެ މާމަ، އޭނާގެ އާއިލާ އާ ބައްދަލުވީ ކުރި ގޫގުލް ސާޗަކުން

ދެން އެމްވީ ، ދެން އޮންލައިން

އާއިލާއަށް ގެއްލި ވިހި ތިރީސް އަހަރުފަހުން އަލުން އާއިލާ އާ ބައްދަލުވުމަކީ އާންމުކޮށް ހަމައެކަނި ފިލްމުތަކުން ވާ ކަމެކެވެ. ނަމަވެސް އިންޑިއާ ގެ މާމަ އަކު މި ވަނީ 40 އަހަރު ފަހުން އޭނާގެ ގެއްލުނު އާއިލާ އާ ބައްދަލުވެފައެވެ.

Ads by Sosun Fihaara

ޕަންޗުބާއީ ނަމަކަށް ކިޔާ މި އަންހެން މީހާ މީގެ 40 އަހަރުކުރިން ނާގްޕޫރަށް ދާން ދަތުރު ފެށި ނަމަވެސް މަގުއޮޅިގެން މަދްޔާ ޕްރަދޭޝް ގެ އަވަށަކަށް ގެއްލުނީއެވެ. އޭރު 53 އަހަރުގެ ޕަންޗުބާއީ މަގުއޮޅިގެން އުޅުމުގެ ތެރޭގައި ކުދަނދުރުތަކެއް ވެސް އޭނާ އަށް ހަމަލާ ދީފައެވެ.

މަގުއޮޅި ބިކަ ހާލުގައި އުޅެނިކޮށް އެ މާމައަށް އެހީތެރިވެދީފައިވަނީ މަދްޔާ ޕްރަދޭޝްގެ ޑާމޯ އަވަށުގެ މީހެއް ކަމުގައިވާ ނޫރް ޚާން އެވެ. އޭގެ ފަހުން 40 އަހަރުވަންދެން މި މާމަ ދިރިއުޅެފައިވަނީ ނޫރުގެ ގޭގައި އަމިއްލަ އާއިލާ ފަދައިންނެވެ.

2007 ވަނަ އަހަރު ނޫރު މަރުވުމަށްފަހުގައި ވެސް ނޫރުގެ ދަރިން ޕަންޗުބާއީ ގެންގުޅެފައިވަނީ އަމިއްލަ މާމަ ފަދައިންނެވެ.

ޓައިމްސް އޮފް އިންޑިއާ ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޕަންޗުބާއީ އަށް އޭނާގެ އާއިލާ އަލުން ފެނިފައިވަނީ ނޫރުގެ ދަރިފުޅު ގޫގުލް ގައި ޕަންޗުބާއީ ގެ އަވަށް ގޫގުލް ސާޗުކޮށްގެންނެވެ. އަދި އެ އަވަށުގެ މީހެއްގެ ފޯނު ނަންބަރު ލިބުމުން، އޭނާ އަށް ޕަންޗުބާއީ ގެ ފޮޓޯ ތައް ފޮނުވައި ވަޓްސްއެޕް ގެ ގުރޫޕުތަކުގައި ދައުރުކުރުން ވެގެންދިޔައީ ޕަންޗުބާއީ އަށް އޭނާގެ އާއިލާ އެނބުރި ލިބުނު ސަބަބުކަމުގައެވެ.

ޕަންޗުބާއީ މިހާރުވަނީ އޭނާގެ އާއިލާ ގެ ގާތަށް އެނބުރި ގޮސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!