މިއަދު ކޮވިޑަށް ފައްސިވީ 22 މީހުން
މިއަދު އިތުރު 22 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 22 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެއްސަކާއި، ބަންގްލަދޭޝްގެ 13 މީހެއްގެ އިތުރުން އިންޑިއާ މީހެއް ކަމަށެވެ.
މި 22 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2260 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 408 މީހަކަށެވެ.
އަދި މިއަދު ބަލިން އިތުރު 10 މީހަކު ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1839 އަށް އަރާފައެވެ.
މި ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.
Ads by Allied Insurance