ޚަބަރު

"ކުޑަކުއްޖެއްގެ ތައިރޮއިޑް ޓެސްޓުގައި ހުންނަންވާ މިންވަރަށްވުރެ ޓީއެސްއެޗް މަތިވުމުގެ މާނައަކީ ތައިރޮއިޑް މަތިވުމެއް ނޫން"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުޑަކުއްޖެއްގެ ތައިރޮއިޑް ޓެސްޓުގައި ހުންނަންވާ މިންވަރަށްވުރެ ޓީއެސްއެޗް މަތިވުމުގެ މާނައަކީ ތައިރޮއިޑް މަތިވުމެއް ނޫން ކަމަށް ކުޑަކުދިންގެ ބަލިތަކާބެހޭ ޚާއްޞަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުއްޖެއްގެ ތައިރޮއިޑް ޓެސްޓުގައި ހުންނަންވާ މިންވަރަށްވުރެ ޓީއެސްއެޗް މަތިވުމުގެ މާނައަކީ ތައިރޮއިޑް މަތިވުމެއް ނޫން ކަމުގައާއި އެއީ ތައިރޮއިޑް ދަށްވުން ކަމުގައެވެ.

"ތައިރޮއިޑުން އުފައްދަނީ ޓީ4، އެ މިނަނީ ޓީ4 ފްރީގެ ގޮތުގައި ސިކުނޑިން ޓީއެސްއެޗް މެދުވެރިކޮށް ތައިރޮއިޑަށް އަންގާނީ ޓީ4 އުފައްދަން ތައިރޮއިޑް މަސައްކަތް ނުކުރަންޏާ ސިކުޑިން ، ތައިރޮއިޑަށް ޓީ4 އުފައްދަން ގިނައިން އަންގަންޖެހޭ އެހެންވެ ޓީއެސްއެޗް ގިނަވަނީ" ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ.ފައިސަލަކީ މީސްމީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ޞިއްހީ ކަންކަމުގައި ލަފަޔާ އިރުޝާދު ދެއްވާ ޑޮކްޓަރެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!