ދުނިޔެ

ކޮވިޑް ޖެހިފައިވާކަން އެނގުމުން އަނބިމީހާ ފަސްވަނަ ފަންގިފިލާއިން ވައްޓާލައިފި

ދެން އެމްވީ ، ދެން އޮންލައިން

މިސްރުގެ ގާހިރާގެ ފިރިހެނަކު ، އޭނާގެ އަނބިމީހާއަށް ކޮވިޑް19 ޖެހިފައިވާކަން އެނގުމުން ދިރިއުޅޭ އެޕާޓްމަންޓުން ވައްޓާލައިފިއެވެ.

Ads by Sosun Fihaara

ޤާހިރާގައި ހިނގި މި ހާދިސާގައި ، ފަސްވަނަ ފަންގިފިލާއިން އަނބިމީހާ ވައްޓާލި ނަމަވެސް އަވަށްޓެރިންގެ އެހީތެރިކަމާއެކު އޭނާ ވަނީ ސަލާމަތްވެފައެވެ.

ޤާހިރާ ފުލުހުންގެ ހައްޔަރުގައި މިހާރު ހުރި ފިރިމީހާ ބުނީ އޭނާއާއި އަނބިމީހާއާއި ދެމެދު އަބަދުވެސް މައްސަލަ ޖެހޭ ކަމަށާއި އަދި އަނބިމީހާއާއި ވަކިވާން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގެ މަތީގައި ހުއްޓާ މައްސަލަ ގޯސްވީ އަނބިމީހާ ކޮވިޑް19 އަށް ކުރި ތިން ޓެސްޓުން ވެސް ބައްޔަށް ޕޮސިޓީވްވެ ، ގެއިން ނިކުތުމަށް އެންގުމުންނެވެ. އަނބިމީހާ ގެއިން ނުކުންނަށް އިންކާރު ކުރުމުން އުފެދުނު ހަމަނުޖެހުމުގައި ފިރިމީހާ ވަނީ ، 25 އަހަރުގެ އަނބިމީހާ ވައްޓާލާފައެވެ.

އަންހެންމީހާ ވެއްޓިފައިވާ އޮއްވާ ފެނުނު އަވަށްޓެރިން ވަގުތުން ވަނީ އޭނާާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަންހެން މީހާގެ ފުރާނަ ސަލާމަތްވި ނަމަވެސް އޭނާގެ މައިބަދައަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އޭނާ ގެންދިޔަ އަލްއައިން ޝަމްސް ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރު މީޑިއާ އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި އަންހެން މީހާއަށް ކޮވިޑް ޖެހިފައިވުމާއެކު ކަރަންޓީން ޑިޕާޓްމަންޓްގައި ޚާއްޞަ އޮޕަރޭޝަން ތިއޭޓަރއެއް މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން އޭނާގެ ޙާލު ގޯސް ނޫން ނަމަވެސް ، ފަސްވަނަ ބުރިން ވައްޓާލުމާއެކު އޭނާއަށް ލިބުނު އަނިޔާއިން ރިކަވާވުމަށް އެތައް މަހެއް ނަގާނެ ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!