Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރިސޯޓްތަކުން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދިނުމަށް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވައިފި

ރިސޯޓްތަކުން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދިނުމަށް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވައިފި

ރާއްޖޭގައި ޓޫރިޒަމް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، ކޮވިޑް-19އާ ގުޅިގެން ރިސޯޓުތަކުން ވަކިކޮށްފައިވާ މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު ގައިޑްލައިން އާންމުކުރި އިރު، ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށް ރިސޯޓުތަކަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ރިސޯޓުތައް އަލުން ހުޅުވާއިރު، އެ ރިސޯޓުގައި ކުރިން މަސައްކަތް ކުރި މުވައްޒަފުން ނެގުމަށް ސަރުކާރުން އިލްތިމާސްކޮށްފައިވާނެ ކަމަށާއި އެކަން މޮނީޓާ ކުރަމުން ދާނެ މިނިސްޓަރު އަލީ ވިދާޅުވި އެވެ.

Advertisement
Ooredoo — Square (box)

ވަޒީފާ ގެއްލުނު މީހުންގެ ޕޯޓަލްގެ ތަފާސް ހިސާބުތައް ޓޫރިޒަމް މިނިސްޓްރީން ބަލަމުންދާނެ ކަމަށާއި ވަޒީފާ އަނބުރާދޭ ރިސޯޓުތަކާއި ނުދޭ ރިސޯތުތައްވެސް ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އިގްތިސާދީ ހާލަތު ރަނގަޅުވުމުން މުވައްޒަފުންގެ މުސާރަ ކުރިން ހުރި ގޮތަށް އިއާދަކުރުމާއި ވަޒީފާ އިއާދަ ނުކުރާނަމަ، ގާނޫނީ ގޮތުން މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް