ދުނިޔެ

ނަމާދަށް ފަހު ބާއްވާ ދަރުސްތައް 10 މިނެޓަށް ވުރެ ދިގު ނުކުރުމަށް ސައުދީ ސަރުކާރުން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ސައުދީ އަރަބިއްޔާގައި ނަމާދަށް ފަހު ބާއްވާ ދަރުސްތައް 10 މިނެޓަށް ވުރެ ދިގު ނުކުރުމަށް އެ ގައުމުގެ ސަރުކާރުން އަންގައިފިއެވެ.

Ads by Sosun Fihaara

ސައުދީގެ އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ އެ ގައުމުގެ ހުރިހާ މިސްކިތްތަކެއްގައި ވެސް ދަރުސް ދިނުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ. އެގޮތުން ނަމާދަށް ފަހު 10 މިނެޓަށް ވުރެ ދިގު ނުވާނެހެން ދަރުސްތައް ބޭއްވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

"ދަރުސްތައް ބޭއްވޭނެ، އެކަމަކު 10 މިނެޓަށް ވުރެ ދިގު ނުވާނެ ހެން. އަދި ދަރުސްތައް އިންތިޒާމު ކުރުމުގައި މިސްކިތްތަކުގެ ޕްރޮޓިކޯލްތަކާ ހިލާފުވެގެން ނުވާނެ." އިސްލާމިކް މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގުރްއާން ހިތު ދަސްކުރުމުގެ ކްލާސްތަކާއި ވޯކްޝޮޕްތައް ކުރިއަށްދާނީ އަދިވެސް އޮންލައިން ކޮށް ކަމަށެވެ.

ސައުދީގައި މިސްކިތްތައް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މިސްކިތްތައް ހުޅުވާފައި ވަނީ ސަލާމަތީ ފިޔަވަޅުތަކާ އެކުއެވެ. އެގޮތުން މާސް ބޭނުން ކުރުމާއި އަމިއްލަ މުސައްލަ ބޭނުން ކުރުމުގެ އިތުރު ސަލާމް ކުރުން މަނާ ކޮށް ސަފު ހަދާއިރު ދެ މީޓަރުގެ ދުރުމިނެއް ބަހައްޓަން ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!