ދުނިޔެ

ސުޝާންތުގެ އެންމެ ފަހު ޕޯސްޓްމޯޓަމް ރިޕޯޓުން ވެސް ސާބިތުވީ އޭނަ މަރުވީ އަމިއްލައަށް ކަމަށް!

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ އެކަޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހުގެ ޕޯސްޓްމޯޓަމް ރިޕޯޓު ބާންޑްރާ ފުލުހުން އާއްމުކޮށްފިއެވެ.

Ads by WAMCO

އެގޮތުން އޭނާ މަރުވި ސަބަބެއް ކަމަށްވެފައިވަނީ އެސްފީޒިއާ އެވެ. އެސްފީޒިއާ އަކީ ހަށިގަނޑުން އޮކްސިޖަން މަދުވެ، ހާސްވުމެވެ. އޭގެ ސަބަބުން އެއްބައި މީހުން ހޭނެތޭއިރު އަނެއްބައި މީހުން މަރުވެއެވެ.

މީގެއިތުރުން އެރިޕޯޓުގައި ބުނެފައިވަނީ ސުޝާންތު މަރުވިއިރު އޭނަގެ ހަށިގަނޑުގެ އެތެރެއިން ވެސް އަދި ބޭރުން ވެސް އިތުރު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ސުޝާންތުގެ ފައިނަލް ޕޯސްޓްމޯޓަމް ރިޕޯޓުގައި ފަސް ޑޮކްޓަރަކު ސޮއި ކޮށްފައިވާއިރު، އެއެންމެން ވެސް ބުނެފައިވަނީ ސުޝާންތު މަރުވެފައިވަނީ އަމިއްލައަށް ކަމަށެވެ. އެގޮތުން ހަށިގަނޑަށް އިތުރު ޒަޚަމެއް ލިބިފައިނުވާއިރު، ގަދަކަމުން މަރާލިކަމުގެ ނިޝާނަކާއި ސަލާމަތްވާން މަސައްކަތް ކުރިކަމުގެ ނިޝާނެއްވެސް ފެނިފައި ނުވާކަމަށް އޭގައި ބުނެފައިވެއެވެ.

ބާންޑްރާ ފުލުހުން ހާމަ ކުރި ގޮތުގައި ސުޝާންތުގެ މަރާއި ގުޅިގެން 23 މީހުންގެ ބަޔާން މިހާތަނަށް ނެގިފައިވެއެވެ. އޭގެ ތެރޭގައި ސުޝާންތުގެ ބައްޕައާއި، ތިން އަންހެން ކޮއްކޮގެ އިތުރުން އޭނަގެ ލޯބިވެރިޔާކަމަށް ބުނާ ރިއާ ޗަކްރަބޮތީ ވެސް ހިމެނޭ ކަމަށް ބުނެއެވެ.

މީގެއިތުރުން ސުޝާންތުގެ މަރާއި ގުޅިގެން އެހެން ތިއަރީތައް ހަދައިގެން އުޅޭ ފަރާތްތަށް ވެސް، ބަޔާން ނެގުމަށް ފުލުހަށް ހާޒިރު ކުރެވޭނެކަމަށް ބުނެފައިވެއެވެ.

މިހާތަނަށް ޤަބޫލު ކުރެވޭ ގޮތުގައި ސުޝާންތު މަރުވީ އަމިއްލައަށެވެ. ނަމަވެސް އިންޑިއާގެ ގިނަ މީހުން އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ބުނަނީ ހެނދުނު ގަޑީގައި ވެސް ސުޝާންތު ހުރީ ރަނގަޅަށްކަން ހާމަވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!