ދުނިޔެ

ކޮޮވިޑް19: ޓްރަމްޕް އެހެން ގައުމުތައް ކުއްވެރިކުރާތީ ބިލް ގޭޓްސް ގެ ނުރުހުން

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާ އިން ކޮވިޑް19 ބަލިމަޑުކަމާ ދެކޮޅަށް މާ ބޮޑު މަސައްކަތެއް ނުކޮށް ޗައިނާ ފަދަ ގައުމުތައް ކުއްވެރި ކުރާތީ މައިކްރޮސޮފްޓުގެ ވެރިޔާ ބިލް ގޭޓްސް ގެ ނުރުހުން އެމެރިކާ ގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަމާޒުވެއްޖެއެވެ.

Ads by Sosun Fihaara

ގޭޓްސް ބުނި ގޮތުގައި އެމެރިކާ އިން އެހެން ގައުމުތަކާއި ގުޅިގެން މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ބަލަމުން އަންނަނީ އެހެނިހެން ގައުމުތަައް ކުއްވެރިކުރެވޭތޯއެވެ. މީގެ އިތުރުން ގޭޓް ވަނީ އެމެރިކާ އަލުން ޑަބްލިޔުއެޗްއޯ އާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށްވެސް ބުނެފައެވެ.

ޓްރަމްޕް ވަނީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން އެމެރިކާ ވަކި ވާނެ ކަމަށް މިއަހަރުގެ ކުރީކޮޅު ބުނެފައެވެ.

އެމެރިކާ އަލުން ޑަބްލިޔުއެޗްއޯ ގުޅިގެން މަސައްކަތް ކުރުމަށް ތާއީދު ކުރާ ކަމުގައި ގޭޓު ގެ އަންހެނުން މެލިންޑާ ގޭޓްސް ވެސް ވަނީ ބުނެފައެވެ. އަދި އޭނާ ވަނީ މި ވައިރަހަށް ވެކްސިން އެއް ފެނުމާއެކު އެންމެ ފުރަތަމަ ވެކްސިން ދޭން ޖެހޭނީ ކަޅު ނަސްލުގެ އެމެރިކާ މީހުނަށް ކަމުގައި ވެސް ބުނެފައެވެ.

ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގައި ހިމެނޭ މި ޖޯޑުން ވަނީ ކޮރޯނާ ވައިރަސް އަށް ވެކްސިން އަށް ހޯދުމަށް 300 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!