ދުނިޔެ

13 އަހަރުގެ ކުއްޖެއް ގްރޫމް ކުރި މީހަކު ކޯޓުން ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ގްރޫމް ކުރުން ނުވަތަ ކުޑަކުދިންނަށް ނުފޯޒު ފޯރުވުމަށްޓަކައި އެކި ގޮތްގޮތުން ހައްލައިގެން އިތުބާރު ބޮޑު ސިއްރު ގުޅުން ތައް ދެމެހެއްޓުމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ގިނަ ވަމުން އަންނަ މައްސަލައެކެވެ. ނަމަވެސް މި ފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އެކަށީގެންވާ އަދަބު ނުދެވުމަކީ ރާއްޖޭގެ އިތުރުން އެހެނިހެން ގިނަ ގައުމުތަކުގައި ވެސް ބޮޑު ވަމުން އަންނަ މައްސަލައެކެވެ.

Ads by WAMCO

އެގޮތުން ދާދި ފަހުން އިނގިރޭސިވިލާތުގައި ވެސް މިވަނީ 13 އަހަރުގެ ކުއްޖެއް ގްރޫމް ކުރި މީހަކު ކޯޓުން ދޫވެފައެވެ. މި މީހާ ކޯޓުުން ދޫވެފައިމިވަނީ މި މީހާ އަދާކުރަމުން އައި މެޑިކް ގެ ވަޒީފާ އަދާކުރުން ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ކަނޑައެޅުމާއި ގުޅިގެންނެވެ.

44 އަހަރުގެ ޑރ އެއްކަމަށްވާ ހަފީޒުއް ރަހްމާން އަވަން ވަނީ 2016 ވަނަ އަހަރުން ފެށިގެން އިންޓަނެޓު މެދުވެރިކޮށް ކުޑަކުދިން ގުރޫމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެގައުމުގެ ޖެނެރަލް މެޑިކަލް ސެންޓަރުން ވަނީ އޭނާގެ މައްސަލަތައް ފެންމަތިވުމާއެކު އޭނާގެ ވަޒީފާއިން 9 މަހަށް ސަސްޕެންޑު ކޮށްފައެވެ. އެ ސެންޓަރުން ވަނީ އޭނާ އަށް އަދަބެއްގެ ގޮތުން 9 މަހުގެ ސަސްޕެންޝަން ކުޑަ ކަމަށް ބުނެ މި މައްސަލަ ހައި ކޯޓަށް ވެސް ހުށަހަޅާފައެވެ.

ނަމަވެސް އެ ސެންޓަރުން ހުށައެޅި މައްސަލަ ވަނީ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލާފައެވެ. މައްސަލަ ބޭރުކޮށްލަމުން ގާޒީ ބުނި ގޮތުގައި އޭނާގެ ކުރި ކުށް ބޮޑު ނަމަވެސް އޭނާގެ ކިބައިން އާންމުން ރައްކާތެރިކުރުމަށް 9 މަހުގެ ސަސްޕެންޝަން ފުދޭކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!